އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި ގުޅޭ

އިޢުލާން

               ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ 2020/36 (17.04.2020) ނަންބަރު އިޢުލާންގައި ވާގޮތަށް މިއަދު  ހަވީރު 06:00 ފެށިގެން ވަކި ގޮތެއް އަންގަންދެން ޟަރޫރީ ބޭނުމެއްގައި ނޫނީ  އައްޑޫގެ އެއްރަށުން އަނެއް ރަށަށް އެއްގަމާއި ކަނޑު މަގުން ދަތުރުކުރުން މަނާކަމުގައި ދަންނަވަމެވެ.

  • ގަން،ފޭދޫ، މަރަދޫފޭދޫ/މަރަދޫ އަދި ހިތަދޫއިން އެއްރަށުން އަނެއްރަށް އެއްގަމު މަގުން އަދި ކަނޑުމަގުން ދަތުރުކުރުން.
  • ހުޅުދޫ މީދޫ އިން ހިތަދޫ، މަރަދޫ މަރަދޫފޭދޫ، ފޭދޫ، އަދި ގަމަށް ކަނޑުމަގުން ދަތުރުކުރުން.
  • ޝަންގްރިއްލާރިސޯޓް، ކެނެރީފް ރިސޯރޓް އަދި ސައުތުޕާރމް ރިސޯޓްއިން އެއްރަށުން އަނެއްރަށަށް ކަނޑުމަގުން ނުވަތަ ކޯޒްވޭ ހުރަސްކޮށް ދަތުރު ކުރުން.
  • އަދި ޟަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބަހައްޓައި ، ދިރި އުޅޭ ގޭބިސީ ފިޔަވައި ، އެހެނިހެން ތަންތަނުގައި އެއްވެ އުޅުން ހުއްޓާލުމަށް އަންގަމެވެ.

މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ޝަޢުބާން  1441

17 އޭޕްރިލް 2020
ހޯދާ