މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް އެޅޭ ފިޔަވަޅުތަކާއިގުޅޭ

އިޢުލާން

 

ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް އެޅޭ ފިޔަވަޅުތަކާއިގުޅޭ

ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ޖެހިފައިވާ މީހުން މާލެއިން ފެނިފައިވުމާއެކު، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 2020 އެޕްރީލް 17 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާތީ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް އެޅުމަށްވަނީ ހަމަޖެހިފައެވެ.

  1. ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.
  2. ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭ ގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުން. ވަކިން ޚާއްޞަކޮށް، ޕާޓީތަކާއި، ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރު ދިއުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުމާއި، އިޖްތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުންވެސް ހުއްޓާލުން.
  3. ބަލިން ރައްކާތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލު ކުރުމާއި، ޟަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން.
  4. ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިޒޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެންގުން.
  5. 01 އޭޕްރީލް 2020 ގެ ފަހުން މާލެއިންނާއި ރިސޯޓުތަކުން ރަށަށް އައިސްފައިވާ މީހުން އެމީހަކު ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑު ކުރުން.
  6. މީހުން އެއްވެ އުޅުމާއި، ގްރޫޕް ހަދައިގެން ރަށުގެ މަގުމަތީގައި ނޫޅުން.
  7. މިކައުންސިލުން ވަކި ގޮތެއް އަންގަންދެން ފުޓްސަލް ދަނޑުގައި އެއްވެސް ކަހަލަ ކުޅިވަރުގެ ޙަރަކާތެއް ނުހިންގުން އަދި ދަނޑަށް މީހުން އެއްވެ ނޫޅުން
  8. އިޖްތިމާޢީ އެކިއެކި ޙަރަކާތް ހިންގާ ތަންތަނާއި، ކުޅިވަރު ކުޅެން ހެދިފައިވާ އެކިއެކި ބިންތަކުގައި އެއްވެސް ކުޅިވަރުގެ ޙަރަކާތެއް ނުހިންގުން.
  9. ރަށުގެ ބަނދަރުތަކާއި އާންމު ބިންތަކާއި އިޖްތިމާޢީ ސަރަޙައްދުތަކުގައި ހަދާފައިވާ ހުރި ފިނި އަށިތަކާއި، ޖޯލިފަތި ފަދަ ތަންތަނުގައި އިށިއިދެ ނުވަތަ އޮށޯއޮވެ ނުތިބުން

10. ބަނދަރުމަތީގައި ބެހެއްޓިފައިވާ ޖޯލިފަތިތައް 2020 އޭޕްރީލް 17 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ގެ ފަހުން އެތަކެތި ނެގުމުގެ މަސައްކަތް ކުރުން. (އެއްވެސް ފަރާތެއްގެ އެއްޗެއް ހުރިނަމަ ގަޑިޖެހުމުގެ ކުރިން ނެގުން)

11. އަމިއްލަ ފަރުދުންގެ ގޯތިތަކާއި ފިހާރަތަކުގެ ބޭރުގައި މަގުމަތީގައި ބަހައްޓާފައި ހުރި ޖޯލި، ގޮޑި އަދި މިނޫންވެސް މިފަދަ ތަކެތި 2020 އޭޕްރީލް 17 ވާ ހުކުރު ދުވަހުގެ ރޭ 10:00 ގެ ކުރިން އެތަކެތީގެ ވެރިފަރާތުން ނެގުން. (މި މުއްދަތު ހަމަވާއިރު ނުނަގާ ހުންނަތަކެތި ކައުންސިލުގެ ފަރާތުން ނެގުމަށްފަހު އެއެއްޗެއް ހުރި ގޭގެ ވެރިފަރާތް ނުވަތަ ގޭގައި ދިރިއުޅޭ ފަރާތް -/500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރުން)

12. ރޭގަނޑު 10:00 ގެ ފަހަރުން ޝަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި ނޫޅުން.

13. ކޮންމެހެން ދާންޖެހިގެން މެނުވީ ފިހާރަތަކަށް ނުދިއުން.

ވީމާ މިކަންކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަންގާ އިޢުލާނު ކުރީމެވެ.

17 އޭޕްރިލް 2020
ހޯދާ