ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި، ބައެއް ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުންގެ ޢަދަދު އިތުރުކުރުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއިން ނިންމެވުމާ ގުޅިގެން، އަންނިނިވި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ދާއިމީ ސަބް ކޮމިޓީގެ މެންބަރު

 

މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު:

  • އެތިކްސް ކޮމިޓީ: 6 (ހައެއް)
  • ޤާނޫނީ ތަޢުލީމު ކޮމިޓީ: 2 (ދޭއް)
  • ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ: 3 (ތިނެއް)

 

އަސާސީ ޝަރުތުތައް:

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުން؛
  • ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ކޮމިޓީއަކާ ގުޅޭ ދާއިރާއަކުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމާއި، އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ޒިންމާތައް އަދާކުރުން.  

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ އަންނަނިވި ލިޔެކިޔުންތައް ބާ ކައުންސިލުގެ  [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ)؛
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛ އަދި
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.

 

ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށައެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

 

ގޫގްލް ފޯމް އެޕްލިކޭޝަން: https://forms.gle/oHy8PQEtSihkiKBS8

 

ސުންގަޑި:

23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00

 

16 އޭޕްރިލް 2020
ހޯދާ