އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ފަސްކުރުން.

                                                          ނަންބަރު: IUL)38-DA/38/2020/3)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ފަސްކުރުން.

މި ކޮމިޝަނުގެ ނަންބަރު: IUL)38-CA/38/2020/2) ( މާރިޗު 2020، 12) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އެޕްރީލް 18 ގައި ބޭއްވުމަށް މިކޮމިޝަނުން އިޢުލާންކޮށްފައިވަނިކޮށް، ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ COVID-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 2020 އެޕްރީލް 30 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު: 2020/2 (10 އެޕްރީލް 2020) ޤަރާރުން ވަނީ އެކަން އިޢުލާންކޮށްފައެވެ.

އިންތިޚާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީއާއި، ޤާނޫނު ނަންބަރު: 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައިވާތީ، މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު: 2020/2 ޤަރާރާ ގުޅިގެން އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތަތީ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި، އެކަން ޢާންމުކޮށް އިޢުލާންކުރަމެވެ.

އަދި ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި، އިންތިޚާބު ބޭއްވޭނެ މާޙައުލެއް ޤާއިމުވުމާއެކު ނުވަތަ މިކަމުގައި ޢަމަލުކުރާނެ ޤާނޫނީ ޙައްލެއް ލިބުމާއެކު 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން މިކޮމިޝަނުން އިތުރަށް ކަނޑައަޅާ ގޮތެއް އިޢުލާންކުރާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

 

 

13 އޭޕްރިލް 2020
ހޯދާ