މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

    މ. މުލި،

    ދިވެހިރާއްޖެ.

 

                                                                                        ނަންބަރު: K5C-A/2020/05

އިޢުލާން

މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މ. މުލަކު މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރޭކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 20 އޭޕްރީލް 2020 ވާ ހޯމަ ދުވަހުގެ 10:00  އަށް މިކޯޓަށް ނުވަތަ މ. މުލަކު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 23 އޭޕްރީލް 2020
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު ނުވަތަ މ. މުލަކު މެޖިސްޓްރޭޓް ކޯޓު

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އެބޭފުޅަކު ތަމްސީލު ކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

13 އޭޕްރީލް 2020

13 އޭޕްރިލް 2020
ހޯދާ