ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞިއްޙީ މަރުކަޒުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 13 އޭޕްރިލް 2020 14:27 ގައި ބާތިލް ކުރެވިފައެވެ.


 ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް ހެލްތާއި މި ކައުންސިލާ ދެމެދު ވެވުފައިވާ އެއްބަސްވުމުގެ ދަށުން ތިލަދުންމަތީ ދެކުނުބުރީ ފިނޭ ޞިއްޙީ މަރުކަޒުގެ ވަށާ ފާރު ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020  އޭޕްރިލް 22  ވާ ބުދަ ދުވަހުގެ 10:00 ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު ، 2020 މެއި 03  ވާ އާދީއްތަ ދުވަހުގެ 10:00 ށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި މިނިސްޓުރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންނަށް ބައިވެރިވެވޭނެއެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކަށް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.  މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓް ގެ ރަޖިސްޓުރީ ކޮޕީ ގެ އިތުރުން ވަޑައިގަންނަވާ ފަރާތެއްގެ އައިޑީ ކާޑް ކޮޕީ ހުށަހަޅުއްވަންވާނެއެވެ.  މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފާރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

13 އޭޕްރިލް 2020
ހޯދާ