މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ބަހުގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ބަހުގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

      މި ކުންފުނީގެ (އެމް.އޭ.ސީ.އެލްގެ) މުވައްޒަފުން މާލެއިން ހުޅުލެއަށް ގެނެސް އަދި އަނބުރާ ގެންދިއުމަށްޓަކައި، މިކުންފުނިންދޭ ތާވަލާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮޅަކަށް ގާތްގަނޑަކަށް 1600 މުވައްޒަފުން އުފުލަން ޖެހޭނެކަމަށްވަނީ އަންދާޒާކުރެވިފައެެވެ. ވީމާ މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ބާރުބޮޑު ގަޑިތަކުގައި ގާތްގަނޑަކަށް 600 މުވައްޒަފުން އުފުލޭވަރުގެ ގާބިލްކަން ހުރި ފަރާތްތަކަކަށް ވާންވާނެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 އެޕްރީލް 19 ވާ އާދީއްތަދުވަހުގެ 23:59 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އެޕްރީލް 30 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އެޕްރީލް 30 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

 

12 އޭޕްރިލް 2020
ހޯދާ