ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
Mobile Signal Booster / Repeater behettumaa behey

ޢިއުލާނު

 

މޯބައިލް ސިގްނަލް ބޫސްޓަރ / ރިޕީޓަރު ބެހެއްޓުމާއި ބެހޭ

 

              މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން މި އޮތޯރީޓީ އަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ބާރުގަދަ ރިޕީޓަރު ފަދަތެކެތި ބޭނުންކުރުމުން އެބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވިޔަސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވެ އަސަރުކުރުއެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ.

              ވީމާ، މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އާއްމުފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރެއްވުމަށް ދެންނެވީމެވެ. މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، އެކަން މޯބައިލް ޚިދުމަތްދޭ ކުންފުނިތަކަށް އެންގެވެމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެއެވެ. މިކަމާއި ގުޅޭގޮތުން ޙިދުމަތްދޭ ފަރާތްތަކާއި މިއޮތޯރިޓީ އާއި ވަނީ މަޝްވަރާ ކުރެވިފައެވެ.

             ސިގްނަލް ލިބުމުގެ މައްސަލަ ޙައްލުނުވާނަމަ، މި އޮތޯރިޓީއަށް ހުށަހެޅުއްވުމުންވެސް މައްސަލަ ޙައްލުކުރުމަށް އެހީތެރިވެދޭނެއެވެ. މިފަދަ މައްސަލަތައް މިއޮތޯރިޓީއަށް ހުށަހަޅުއްވާނީ، ނަމްބަރު: 3030300 ނުވަތަ [email protected] އަށެވެ.

              މިކަމުގައި އެންމެހާފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ.

 

              11 ޝައުބާން  1441      

              06  އެޕްރީލް  2020

06 އޭޕްރިލް 2020
ހޯދާ