މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭޚިދުމަތްތަކާގުޅޭ

އިޢްލާން

ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭޚިދުމަތްތަކާގުޅޭ

ކޮވިޑް 19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި މި މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 5 އޭޕްރިލް 2020 އިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.  އަދި މި ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް beta-business.egov.mv ނުވަތަ އީމެއިލް އެޑްރެސް [email protected]   .މެދުވެރިކޮށެވެ

ޚިދުމަތްތަކުގެ ތަފްޞީލު

1- ވިޔަފާރި ނަން ފާސްކުރުން

2- ވިޔަފާރި ނަން ރަޖިސްޓްރީކުރުން

3- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން

4- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން

5- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން

6- ލޯގޯ ރަޖިސްޓްރީކުރުން

7- ސީލް ރަޖިސްޓްރީކުރުން

8- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން

9- ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުން

މީގެ އިތުރުން، ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 އޭޕްރިލް 2020
ހޯދާ