މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލުކުރާނެ އުޞޫލު

ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި

އަމަލުކުރާނެ އުޞޫލު

     ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019/R-1019) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ޢިމާރާތްކުރުމުގެ މަސައްކަތްތައް ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އެވޯޑު ކުރާއިރު ބިޑު ޑޮކިޔުމަންޓުގައިވާ ގޮތަށް އިވެލުއޭޓް ކުރުމުގެ އިތުރުން ތިރީގައިވާ ކަންކަމަށް މިއަދުންފެށިގެން ރިޢާޔަތް ކުރާނެއެވެ.

ގްރޭޑް

ފެނާއި ނަރުދަމާ / ބަނދަރުގެ މަސައްކަތް (UC / HC)  

ސެކްޝަން I

ޖެނެރަލް ބިލްޑިންގ / ޖެނެރަލް ސިވިލް މަސައްކަތް (GC)

ސެކްޝަން II

ޖުމުލަ އަގު

ޖުމުލަ އަދަދު

ޖުމުލަ އަގު

ޖުމުލަ އަދަދު

1

250 މިލިއަން ރުފިޔާ އާއި ހަމައަށް

7

300 މިލިއަން ރުފިޔާ އާއި ހަމައަށް

8

2

200 މިލިއަން ރުފިޔާ އާއި ހަމައަށް

6

250 މިލިއަން ރުފިޔާ އާއި ހަމައަށް

7

3

150 މިލިއަން ރުފިޔާ އާއި ހަމައަށް

5

200 މިލިއަން ރުފިޔާ އާއި ހަމައަށް

6

4

80 މިލިއަން ރުފިޔާ އާއި ހަމައަށް

4

150 މިލިއަން ރުފިޔާ އާއި ހަމައަށް

5

5

 

 

80 މިލިއަން ރުފިޔާ އާއި ހަމައަށް

4

6

 

 

40 މިލިއަން ރުފިޔާ އާއި ހަމައަށް

3

7

 

 

05 މިލިއަން ރުފިޔާ އާއި ހަމައަށް

2

1. މަސައްކަތް އެވޯޑު ކުރާ ފަރާތަކީ ގަވާއިދު ނަންބަރު 2019/R-1019  ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައިވާންވާނެއެވެ.

2. ކުންފުންޏަކަށް މަސައްކަތެއް އެވޯޑު ކުރެވޭނީ ގަވާއިދު ނަންބަރު 2019/R-1019 ގެ ދަށުން އެ ކުންފުންޏެއް ނިސްބަތްވާ ގްރޭޑަށް ބަލާ، މި އިޢުލާނުގައިވާ ތާވަލުގައި ކަނޑައަޅާފައިވާ ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދަށްވުރެ އެވަގުތު އެ ކުންފުންޏެއް ކުރަމުންދާ ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ޖުމުލަ އަގު ނުވަތަ ޖުމުލަ ޢަދަދު އިތުރު ނުވާނަމައެވެ. މިގޮތުން ޖުމުލަ އަގު ހިސާބުކުރުމުގައި ބަލާނީ މަސައްކަތްތައް އެވޯޑްކޮށްފައިވާ އަގަށެވެ.

3. ޔުޓިލިޓީ އަދި ހާރބަރ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ކުންފުންޏަކަށް އެވޯޑް ކުރާނީ (އެ މަސައްކަތާއި ގުޅުންހުރި HC ނުވަތަ UC ދާއިރާއަށް ބަލައި) ތާވަލްގެ ސެކްޝަން I ގައިވާ ގޮތުގެ މަތީންނެވެ.  

4. ޖެނެރަލް ބިލްޑިންގް އަދި ޖެނެރަލް ސިވިލް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުންފުންޏަކަށް އެވޯޑް ކުރާނީ (އެ މަސައްކަތާއި ގުޅުންހުރިGC  ދާއިރާއަށް ބަލައި) ތާވަލްގެ ސެކްޝަން II ގައިވާ ގޮތުގެ މަތިންނެވެ. އަދި ސެކްޝަން IIގައިވާ ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދު ގުނުމުގައި ބަލާނީ އެކުންފުންޏެއް ކުރަމުންދާ ޔުޓިލިޓީ އަދި ހާރބަރ ކޮންސްޓްރަކްޝަން މަސައްކަތްތަށްވެސް ހިމަނައިގެންނެވެ.

5. ޖުމުލަ އަގު އަދި ޖުމުލަ އަދަދު ގުނުމުގައި ބަލާނީ ދައުލަތުގެ އިދާރާތަކުން އެވޯޑުކޮށްފައިވާ ޢިމާރާތްކުރުމުގެ މަސައްކަތްތަކަށެވެ. މިގޮތުން، އެވޯޑުކުރާ މަސައްކަތުގެ ބީލަން ހުށަހަޅާ ތާރީޚުގެ ކުރިން އެވޯޑްކޮށްފައިވާ އަދި އެތާރީޚާއި ހަމައަށް މަސައްކަތް ނިންމިކަމުގެ ސެޓްފިކެޓް ލިބިފައިނުވާ މަސައްކަތްތައް ހިމަނާނެއެވެ.

6. މިތާވަލަށް ބަލާނީ HC/UC/GC ދާއިރާގެ މަސައްކަތްތަށް އެވޯޑުކުރުމުގައި އެކަންޏެވެ.

7. މި އުޞޫލަށް އަމަލުކުރުމުގައި 10.27ގެ ދަށުން އެވޯޑުކުރެވޭ މަސައްކަތްތައް އިސްތިސްނާވާނެއެވެ.

8. މީގެ އިތުރުން ފާއިތުވެދިޔަ ތަނުގައި އެ ކުންފުންޏަކުން ކޮށްފައިވާ މަސައްކަތްތަކުގެ ޕަރފޯމަންސް ބަލާނެއެވެ.

1 އެޕްރީލް 2020

02 އޭޕްރިލް 2020
ހޯދާ