މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Male city market thakuge khidhumaiy dhey gadithakah badhalu geneumaa guhey

މާލެސިޓީގެ މަރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައުމާބެހޭ.

 

 

                  މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލްކޮރޯނާ ވައިރަސް ( ކޯވިޑު 19 ) އާއި ގުޅިގެން ހެލްތުޕުރޮޓެކްޝަން އޮތޯރިޓީ  ( HPA ) އިން ނެރުއްވާފައިވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތާ ގުޅިގެން މާލެސިޓީގައި ހިމެނޭ މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓްތަކުން ޚިދުމަތް ދޭ ގަޑިތަކަށް 02 އޭޕްރީލް 2020 ވަނަ ދުވަހުންފެށިގެން ތިރީގައި މިދަންނަވާގޮތަށް ވަނީ ބަދަލުގެނެވިފައެވެ.

  1. މާލޭ ލޯކަލްމާރުކޭޓް.        ހެނދުނު 6:00 ން ހަވީރު 16:00 އަށް.
  2. މާލޭ ދަތުރުވެރިންގެ މާރުކޭޓް.  ހެނދުނު 6:00 ން ހަވީރު 16:00 އަށް.
  3. މާލޭ މަސްމާރުކޭޓް .       ހެނދުނު 6:00 ން ހަވީރު 16:00 އަށް.
  4. ވިލިމާލެ ލޯކަލްމާރުކޭޓް.     ހެނދުނު 6:00 ން ހަވީރު 16:00 އަށް.

ވީމާ،މާރުކޭޓު ގޮޅިތައް ހިންގަވާ ފަރާތް ތަކުންނާއި އަދި މާރުކޭޓުން ވިޔަފާރި ކުރައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިތަކާ އެއްގޮތަށް އަމަލު ކުރައްވަމުން ގެންދެވުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

01 އޭޕްރިލް 2020
ހޯދާ