ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާރިޗު 29 އިން އޭޕްރީލް 2 އަށް ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތުގެޚިދުމަތް ފޯރުކޮށްދިނުމާބެހޭ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އިތުރު ހަފުތާއަކަށް (މާރިޗު 29 އިން އޭޕްރީލް 2 އަށް) ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި، ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ގޮތުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާފައިވާ މި ދުވަސްތަކުގައި (30 މާރިޗު 2020 އަދި 2 އޭޕްރިލް 2020)، މި އޮތޯރިޓީން ލައިސަންސްދީފައިވާ ތިރީގައިއެވާ ކުންފުނިތަކުން ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ޚިދުމަތްތައް އޮންލައިން ވަޞީލަތްތައް މެދުވެރިކޮށްލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)
  • ސްޓޮކް ބްރޯކަރސް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)

ޖެމްސް(GEMS) ބޭނުންކުރާ ފަރާތްތަކުން މިއޮތޯރިޓީއަށް ޖެމްސް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށާއި އަދި ޢާންމު ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށެވެ.

26 މާރިޗު 2020
ހޯދާ