މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖިރެންޓް ގޭސް ދިވެހިރާއްޖެ އެތެރެކުރުން

ރެފްރިޖިރެންޓް ގޭސް ރާއްޖެ އެތެރެކުރުން 18 މާރިޗު 2020ވާ ބުދަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކުރެވިފައިވާ ގޫގުލް ފޯރމް “Application to import refrigerants” މެދުވެރިކޮށް ހުއްދައަށް އެދިލެއްވެވޭނެއެވެ. މިނިސްޓްރީން ހުއްދަ ފޯމު ތައްޔާރުކުރުމަށްފަހު ގޫގުލް ފޯމުގައި ދެއްވާފައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެވޭނެއެވެ. މިއާއިއެކު، މިނިސްޓްރީ އޮފް ޑިފެންސަށް އެފަރާތުގެ ހުއްދައަށްވެސް އީމެއިލް ކުރެވޭނެއެވެ. އަދި ފައިނަލް ޕާރމިޓް މިނިސްޓްރީ އޮފް ޑިފެންސުން އެފަރާތަކަށް އީމެއިލް ކުރަށްވާނެއެވެ.ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.

18 މާރިޗު 2020
ހޯދާ