މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ގަތުމާއި ބެހޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން  ހިންގާ ޕްރޮޖެކްޓަށް "ބޭނުންވާ ސޮފްޓްވެއަރ" ގަތުމާއި ބެހޭ:

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް ބޭނުންވާ ސޮފްޓްވެއަރ ގަތުމަށް ބޭނުންވެގެން 4 މާރިޗް 2020 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)438-GCF/438/2020/70އަށް  އިޢުލާން ބާތިލްކޮށް އަލުން އިޢުލާން  ކުރަމެވެ. 

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ކުރިއަށްގެންދާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ.

 

Quantity

Type

Software

LOT 1

3

Perpetual License

Grapher (Version: 15.2.339)

2

Perpetual License

Agisoft Metashape Professional

3

Perpetual License

Surfer (Version: 16.6.484)

2

Perpetual License

AutoDesk Civil 3D 2020

3

Perpetual License

IBM SPSS Statistics V25

* If perpetual license is not available for any software please quote for 3-year subscription

 

ހުށަހަޅަންވީ ތަކެތި

  • ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު.
  • 1000.00 ރުފިޔާގެ ބިޑު ސެކިއުރިޓީއެއް (ލޮޓް އަކަށް ހުށަހަޅާ އަގު 250,000 ރުފިޔާއަށްވުރެމަތިނަމަ).
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • މީގެ އިތުރުން، މި ބީލަން ކާމިޔާބު ކުރާ ފަރާތަކުން ޑައުންލޯޑެޑް ސޮފްޓްވެއަރ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

 

އަގު: 60ޕޮއިންޓު

   

(އެންމެ ހެޔޮ އަގު ހުށަހެޅި ފަރާތުގެ އަގު/ އެ ފަރާތަކުން ހުށަހަޅާފައިވާ އަގު)*60

 

ތަޖުރިބާ: 20 ޕޮއިންޓް

 

  • ވޭތުވެ ދިޔަ 3 އަހަރު (2016-2019) ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް ދެވޭނެއެވެ. (ކިތަންމެ ގިނަ ލިޔުމެއް ހުށަހެޅިކަމުގައިވީ ނަމަވެސް މިބައިން ގިނަވެގެން ލިބޭނީ 20 ޕޮއިންޓެވެ.)

މުއްދަތު :  20 ޕޮއިންޓް

 

(އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތުގެ މުއްދަތު/ އެ ފަރާތަކުން ހުށަހަޅާފައިވާ މުއްދަތު)*20

 

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއްކަރުދާސް ކުރެވި އަދި މިނިސްޓަރީގެ ވެބްސައިޓުން ވެސް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 25 މާރިޗް 2020 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 މާރިޗް 2020  ވާ އާދިއްތަ ދުވަހު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން (އަދަދު) ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 24 މާރިޗް 2020 ވާ އަންގާރަ ދުވަހު 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: (ޑިޕާރޓްމެންޓް/ޕްރޮޖެކްޓްގެ)

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8395

ވެބްސައިޓް: http://www.environment.gov.mv

           އީ-މެއިލް [email protected]

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

(މަޝްރޫޢު ނަން)

އިޢުލާނު ނަންބަރު: 

 

 ނޯޓް:

  • މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި ލޮޓް ގައިވާ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް އަގު ހުށަނާޅާ ފަރާތްތަކުގެ ލޮޓް ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.

 

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

 

18 މާރިޗް 2020

18 މާރިޗު 2020
ހޯދާ