ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު އޮފިސަރު(ވ.ރަކީދޫ މެޖިސްޓްރޭޓް ކޯޓް)

ވަޒީފާގެ ފުރުޞަތު

ނަންބަރު:J5C/2020/01

ތާރީޚް:18 މާރޗް 2020

 މަޤާމު

 ކޯޓު އޮފިސަރ ( ވ.ރަކީދޫ މެޖިސްޓްރޭޓް ކޯޓް)

ރޭންކް:ޖީއެސް 3

 ޢަދަދު

 01

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

 މަސައްކަތްކުރަންޖެހޭ ތަން

 ވ. ރަކީދޫ މެޖިސްޓްރޭޓް ކޯޓް

ސެކްޝަން: އިދާރީ

 އަސާސީ މުސާރަ

 -/4465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: 893.00  ރުފިޔާ (މުސާރައިގެ %20)

- ލިވިންގ އެލަވަންސް: 2550.00 ރުފިޔާ

- ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 އަސާސީ ޝަރުޠު

 1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 އެހެނިހެން ޝަރުތު

 • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

 • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވ.ރަކީދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 މަޤާމުގެ މަސްއޫލިއްޔަތު 

  • ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތަކާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް.
  • ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ފޮނުވާ އަމުރު ތައްޔާރުކުރުމާއި ހުށަހެޅޭ މައްސަލަ  ތަކުގެ ފައިލްތައް ތައްޔާރުކޮށް ފުރިހަމަކޮށް ބެލެހެއްޓުން.
  • ކޯޓުގެ ޝަރީޢަތުގެ އަޑުއެހުންބޭއްވުމަށް ބޭނުންވާ އިދާރީ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  • ޝަރުޢީ މަސައްކަތާގުޅިގެން ބަލަހައްޓަން އެންމެހާ ރެކޯޑުތައް ބެލެހެއްޓުން.
  • މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

 ތަޢުލީމީ ރޮނގު

 • އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ދާއިރާ

 ގުޅޭ ވަޒީފާގެ ދާއިރާތައް

 • ބިޒްނަސް އެޑްމިނިސްޓްރޭޝަން
 • ޕަބްލިކް އެޑްމިނިސްޓްރޭޝަން
 • މެނޭޖްމަންޓް
 • ޝަރީޢާ/ ޤާނޫނު

 ހުށަހަޅަންޖެހޭ ތަކެތި

 1- ޝަރުޢި ދާއިރާ ވަޒީފާ އަށް އެދޭ ފޯމް

 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

 3-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

 4- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.  (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު،މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯރޓް. (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.(އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

 ސުންގަޑި

2020 މާރިޗު 31 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 އިތުރު މަޢުލޫމާތު

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުންނާއި،ިޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 •  މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6700822
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 ވަޒީފާއަށް އެންމެ ޤާބިލް  ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 ކޯޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

 • ލިބިފައިވާ ތައުލީމް: %30
 • މަސައްކަތުގެ ތަޖުރިބާ:
 • މަސައްކަތަށް ބޭނުންވާ ހުނަރަށް :
 • އިންޓަރވިއު: 50%

 މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
 • އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަންއެނގޭ ފަރާތަކަށްވުން.
 • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާން ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
18 މާރިޗު 2020
ހޯދާ