މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތުގެ ވަށާފާރުގައި ކުލަލުމާއި ގުޅޭ

 

                                    ނަންބަރު: (IUL)307/INDIV/2020/25

އިޢުލާން

ހުކުރު މިސްކިތުގެ ވަށާފާރުގައި ކުލަލުމާއި ގުޅޭ

    ކޮވިޑް-19 އާއި ގުޅިގެން މާރޗް 19 އިން 26 އަށް ސަރުކާރު ބަންދުކުރައްވަން ނިންމަވާފައިވުމާއި ގުޅިގެން މިއިދާރާގެ ނަންބަރު: (IUL)307/INDIV/2020/22 (12/03/2020 ) މިރަށު ހުކުރު މިސްކިތުގެ ވަށާފާރުގެ ކުލަ އަމިއްލަ ތަކެތީގައި އައުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނުގެ މައުލޫމާތު ސާފުކުރުމުގެ މުއްދަތަށް ބަދަލު ގެންނަމެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރޗް 29 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ވަށާފާރުކުލަ އައުކޮށްދިނުމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2020 އޭޕްރީލް 08 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައެވެ. ޕްރޮޕޯސަލްތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި ޕްރޮޕޯސަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯސަލް ބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ޕްރޮޕޯސަލެއްނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

    މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

    23 ރަޖަބު 1441

    18 މާރޗް 2020

18 މާރިޗު 2020
ހޯދާ