އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ނެރޭ ޚާއްސަ އެންގުން

ޚާއްސަ އެންގުން

އިސްލާމްދީނަކީ އިންސާނާގެ ފުރާނައާއި ޞިއްޙަތަށް ގެއްލުންހުރި ހުރިހާ ކަމަކުން ދުރުވެ ތިބުމަށް ބާރުއަޅާ ދީނެކެވެ. މިގޮތުން ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި، ސާފުޠާހިރު ކަމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.

މި ދުވަސްވަރަކީ ހަލުވިކަމާއެކު ކޮވިޑް19 (ކޮރޯނާ ވައިރަސް) މުޅި ދުނިޔޭގައިވެސް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. މި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. މިގޮތުން؛

  1. ފުއްޕާމޭގެ ބަލިމީހުންނާއި، ހިތުގެ ބައްޔާއި، ހަކުރު ބަލީގެ ފަރުވާ ހޯދާ މީހުންނާއި، ނޭވާލާ ނިޒާމުގެ އެހެން ބަލިތަކުގެ އެއްވެސް މީހަކު މިދުވަސްވަރު ގެއިން ބޭރަށް ނުދިޔުމަށާއި،
  2. ހުންއައިސް ރޯގާޖެހި، ކެއްސާ ކިނބިހި އެޅުންފަދަ ވައިރަހުގެ ޢަލާމާތެއް ހުރި އެއްވެސް މީހަކު ގެއިން ބޭރަށް ނުދިޔުމަށާއި،
  3. އެކަކު އަނެކާއާއި ބައްދަލުވާ ހިނދު، އަތާ އަތްޖޯޑުކޮށް ސަލާމްކުރުމުގެ ބަދަލުގައި، އަނގަބަހުން ސަލާމް ގޮވުމާއި،
  4. އަރިދަފުސް ރޯގާގެ އެއްވެސް ޢަލާމާތެއް ފެނިއްޖެ ޙާލަތެއްގައި، އެއްވެސް ފަރާތަކުން މިސްކިތުގެ ޖަމާޢަތަށް ހާޒިރު ނުވުމާއި،
  5. ގާތް މީހަކަށް ކޮވިޑް19 ޖެހިފައިވިޔަސް އެމީހާއަށް ޒިޔާރަތް ކުރަން ދިޔުމުގެ ބަދަލުގައި އެމީހާއަށްޓަކައި ހެޔޮދުޢާ ކުރުމާއި،
  6. ގިނަގިނައިން އަތްދޮވުމާއި، ސާފުޠާހިރުކަމަށް އިސްކަންދިނުމާއި، ޞިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލު ކުރައްވަމުން ގެންދެވުމާއި،
  7. މި ދުވަސްވަރު ދަތުރު ނުދިޔުމާއި، ޕާކުތަކާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި،
  8. ކޮވިޑް19 ގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، އަވަހަށް އެހެން މީހުންނާ އެކަހެރިވުމަށާއި، ހޮސްޕިޓަލަށް ނުވަތަ ޞިއްޙީ މަރުކަޒަށް ވަޑައިގެންނެވުމުގެ ބަދަލުގައި 1676 މި ނަންބަރަށް ގުޅުއްވައި، އެފަރާތުގެ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ނަސޭހަތްތެރިވަމެވެ.

މާތްﷲ އަޅުގަނޑުމެންނާއި، އެންމެހާ މުސްލިމުންނާއި، މުޅި އިންސާނިއްޔަތު، މި ނުރައްކާތެރި ވަބާއިން ރައްކާތެރިކޮށްދެއްވާށި!

 

22 ރަޖަބް 1441

17 މާރިޗު 2020
ހޯދާ