މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްވާބި މިސްކިތު ގޯތިތެރެއަށް އަކިރިލުން

އައްވާބި މިސްކިތު ގޯތިތެރެއަށް އަކިރިލުން

އައްވާބި މިސްކިތުގެ ގޯތިތެރޭގައިވާ އަކިރިތަށް ކަހާނެގުމާއި، ގޯތިތެރެއަށް އަކިރި ލުމަށް ބޭނުން ވެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން އައްވާބި މިސްކިތު ގޯތިތެރޭގައިވާ އަކިރިތައް ކަހާނަގާ ވޭވަށު ކައުންސިލް އިން އަޅަން ބުނާ ތަނަކަށް އަޅާ ފެތުރުމާއި. އައްވާބި  މިސްކިތުގެ ގޯތިތެރެއަށް އަކިރިލުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ އަކިރި ގޯންޏެއް ނަގާ އެޅުމުގެ އަގު ވަކިން އެންގޭނެގޮތަކަށެވެ. އެގޮތުން ކައުންސިލުން ދައްކާތަނަކުން އަކިރިނެގުމާއި އައްވާބި މިސްކިތު ގޯތިތެރެއަށް އަކިރިލުމާއި ހަމަޔަށް ގޯންޏެއްގެ އަގު އެންގެންވާނެއެވެ. މީގެ އިތުރުން އައްވާބި މިސްކިތު ގޯތިތެރޭގައިވާ އަކިރިނަގާ ކައުންސިލުން ބުނާތަނަކަށް އަޅާ ފެތުރުމުގެ އަގުވެސް ވަކިން އެނގޭނެގޮތަށް އަންދާސީ ހިސާބުގައި އޮންނަން ވާނެއެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

17  މާރިޗް   2020 އިން       24 މާރިޗް 2020 އަށް

14:00

އަންދާސީ ހިސާބު ބަލައިގަތުން

25 މާރިޗް 2020

ބުދަ

10:30

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ކައުންސިލް އިދާރާއަށް ދުރުވުމުން ނުވަތަ ކައުންސިލް އިދާރާގެ ނަމްބަރ 6720035  ފޯނާއި 9909988 މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "އައްވާބި މިސްކިތު ގޯތިތެރެއަށް އަކިރިލުން" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. އަދި ހުށަހެލޭ އަންދާސި ހިސާބުތަށް 2020 ވަނަ އަހަރުގެ ވޭވަށު ކައުންސިލްގެ ބަޖެޓްގައި މިމަސައްކަތަށް ކަނޑައަލާފައިވާ ޖުމްލަ ޢަދަދަށްވުރެ ބޮޑުވެއްޖެނަމަ އެއަންދާސީ ހިސާބެއް ހުށަހެޅި ފަރާތަކަށް މަސައްކަތް ހަވާލެއް ނުކުރެވޭނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %70 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. މުއްދަތަށް %30 (އެންމެ ކުރުމުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަން ހުށައަލާފަރާތަކަށް އެންމެގިނަޕޮއިންޓްދިނުން)

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިމަސައްކަތަށް ބޭނުންވާތަކެތި ހޯދުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާއެކެވެ.
  • މިސްކިތު ގޯތިތެރެއަށް ލެވޭ އަކިރިއަކީ ރަށުން ނެގޭ އަކިރިއަށް ވެގެން ނުވާނެއެވެ.
  • މަސައްކަތް ކުރުމުގައި ތަނުގެ ސާފުތާހިރުކަމަށް އިސްކަން ދޭންވާނެއެވެ.
  • އަކިރިލާންވާނީ މިހާރު ލާފައިވާ އަކިރިތައް ނެގުމަށް ފަހުއެވެ.
  • ތަނުން ނެގޭ އަކިރިތައް އަޅަންވާނީ ވޭވަށު ކައުންސިލް އިދާރާއިން ދައްކާ ތަންތަނަށެވެ.
  • ގޯތިތެރެއަށް އަކިރި ލުމުގައި އެޅޭކުނި ނަގާ ސާފުކުރުމަށްފަހު މަސައްކަތް ހަވާލުކުރަންވާނީ ރީތިކޮށް އަކިރިލީ ތަންތަން ކުނި ކެހުމަށް ފަހުގައެވެ.
  • މަސައްކަތް ކުރާ ގަޑިތަކުގައި މިސްކިތައް އުނދަގޫވާފަދަ އެއްވެސް ގޮތަކަށް މަސައްކަތް ހިންގައިގެން ނުވާނެއެވެ.
  • އަކިރިލާ ތަންތަނަށް 2 (ދޭއް) އިންޗިއަށްވުރެ ތުނިނުވާނެވަރަކަށް ރަނގަޅު ފެންވަރަކަށް އަކިރި ލާންވާނެއެވެ.
  • ގޯންޏަށް އަކިރި އެޅުމުގައި އާންމުކޮށް ވެލިއެރުވުމަށް ގެންގުޅޭ ގޯނީގެ މަދުވެގެން މެދަށް އެޅިފައި ހުންނަން ވާނެއެވެ.
  • ލެވޭ އަކިރިއަކީ ފުއްބޮޑު ދޮންވެލި ކަމުގައި ވާންވާނެއެވެ. އަދި ލެވޭ ވެލީގެ %90 ވެލި ވާންވާނީ ފުއްބޮޑުވެލި ކަމުގައެވެ.
  • މަސައްކަތްނިންމާ މަސައްކަތް ސްޕައިޒްކުރުމަށް ހަވާލު ކޮށްފައިވާ ފަރާތައް ދައްކާ ސްޕަވައިޒަރ ރަނގަޅުކަމަށް ބުނެފިނަމަ މަސައްކަތާއި ކައުންސިލް އިދާރާއިން ހަވާލުވާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

17 މާރިޗު 2020
ހޯދާ