މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލްތަކެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވެހިކަލްތަކެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ބޭނުން ކުރަމުން އަންނަ މިކުންފުނީގެ ތިރީގައި ބަޔާންކުރެވިފައިވާ ވެހިކަލްތައް، މި ކުންފުނިންދޭ އިރުޝާދުތަކާ އެއްގޮތަށް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116-F3/IL/2020/60 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

އަދަދު

ވެހިކަލްތަކުގެ ތަފްސީލް

9

Aircraft stair (model: ABS 580, manufacturer: TLD)

16

Passenger bus (model: AeroAbus 6300, manufactuerer: XINFA/CIMC)

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 މާރިޗު 23 ވާ ހޯމަދުވަހުގެ މެންދުރު  14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2020 މާރިޗު 30 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ. 

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އެޕްރީލް 06 ވާ ހޯމަދުވަހުގެ މެންދުރު  14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އެޕްރީލް 06 ވާ ހޯމަދުވަހުގެ މެންދުރު  14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

16 މާރިޗު 2020
ހޯދާ