މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންއާއި ހެލްތް ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިނގަމުންދާ އިމާރާތްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ފަރާތެއް 1 އަހަރުދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

 

ރޯޝަނީ ބިލްޑިންއާއި ހެލްތް ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިނގަމުންދާ އިމާރާތްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ފަރާތެއް 1 އަހަރުދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 މާރިޗު 2020 ވާ އަންގާރަ ދުވަހުން ފެށިގެން 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 22 މާރިޗު 2020 ވާ އާދިއްތަ ދުވަހު މެންދުރު 13:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މާރިޗު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 މާރިޗު 2020 ވާ އާދިއްތަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

22 ރަޖަބު 1441

14 މާރިޗު 2020
ހޯދާ