މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކެމިކަލް ލިސްޓާއި ގުޅޭ

އިޢުލާން

                                 

 މި އޮތޯރިޓީއިން ފޯރުކޮށްދޭ ޚިދުމަތްތައް، ލުއި ފަސޭހަ ކުރުމުގެ ގޮތުންނާއި، ޚިދުމަތްތައް އަވަސްކުރުމަށްޓަކައި، ރާއްޖެއަށް އެތެރެކުރާ ޢާއްމު ޞިއްޙަތަށް ނޭދެވޭ އަސަރު  ކޮށްފާނެ ކެމިކަލްސް ތަކުގެ ތެރެއިން މި އޮތޯރިޓީއިން ދޫކުރާ ހެލްތް ކްލިއަރޭންސް ނުނަގާ ބައެއް  ކެމިކަލްސް ރާއްޖެ އެތެރެކުރެވޭނެ އިންތިޒާމްވާނީ ހަމަޖެހިފައެވެ. މިލިސްޓް އެކުލަވާލާފައިވަނީ، ފަންނީ މަޝްވަރާ އަދި އިރުޝާދުގެ މަތިން، އޭގެ ނުރައްކާވާ މިންވަރު ދަށް ކަމަށް، ފާހަގަކޮށްފައިވާ ކެމިކަލްސް ހިމަނައިގެންނެވެ.

 

      ވީމާ މި ލިސްޓް  ޢާއްމު ޞިއްޙަތަށް ނޭދެވޭ އަސަރު  ކޮށްފާނެ ކެމިކަލްސް ތަކުގެ ތެރެއިން، މޯލްޑިވްސް ފުޑް އޭންޑް ޑްރަގް އޮތޯރިޓީއިން ހެލްތް ކްލިއަރޭންސް ނަގަން ނުޖެހޭ ލިސްޓް" (chemicals Which Does Not Require Health Clearance From Maldives Food And Drug Authority)                      

 ގެ ނަމުގައި، މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް http://health.gov.mv/Downloads ގައި އަޕްލޯޑް ކޮށްފައިވާނެއެވެ.

 

          އަދި މި ލިސްޓުގައިވާ ކެމިކަލް ތަކަށް މި އޮތޯރިޓީއިން ދެވޭ ހެލްތް ކްލިއަރެންސް ބޭނުންނުވާނެ ކަމުގައި ވީނަމަވެސް، މިކެމިކަލްސް އެތެރެކުރުމަށް، މިނިސްޓްރީ އޮފް ޑިފެންސްގެ ހުއްދަނަގަން ޖެހޭނެ ކަމުގައި ވެސް ދެންނެވީމެވެ.

16 މާރިޗު 2020
ހޯދާ