ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަސްޓަމަރުންގެ ސަމާލުކަމަށް ވެމްކޯގެ ހުޅުމާލެ އޮޕަރޭޝަން އާއި ގުޅޭ

 

ނަންބަރ:WAMCO-BDM/PR/2020/001

                              ކަސްޓަމަރުންގެ ސަމާލުކަމަށް
                             ވެމްކޯގެ ހުޅުމާލެ އޮޕަރޭޝަން އާއި ގުޅޭ

ދިވެހިރާއްޖެ އާއި، ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް- 19) އާއި ގުޅިގެން، މިކޯޕަރޭޝަންގެ މުވައްޒަފުންނާއި އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތަފާތު ފިޔަވަޅުތައް މިދަނީ އަޅަމުންނެވެ. ކަސްޓަމަރުން ވެމްކޯގެ ސައިޓްތަކަށް ގެންނަ ކުނީގެ ތެރޭގައި ސަފާރީ އުޅަނދުފަހަރުން ގެންނަ ކުނި ހިމެނޭކަން މިކޯޕަރޭޝަން އަށް ފާހަގަކުރެވިފައިވެއެވެ. އަދި، ސަފާރީތަކުގެ ކުންޏާއި އާންމު ކުނި އެއްކޮށްގެން ގެނައުމާއި، އަމިއްލަ އެއްގަމު އުޅަނދުގެންގުޅޭ ފަރާތްތަކުން ސަފާރީ އުޅަނދު ފަހަރުގެ ކުނި ވެމްކޯގެ އެއްވެސް ސައިޓަކަށް ގެނައުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ.

ސަފާރީ އުޅަނދުފަހަރުން ހުޅުމާލެ ސައިޓަށް ކުނި ގެންނަކަމުގައި ވާނަމަ، ވެމްކޯގެ ސައިޓް ސުޕަވައިޒަރުގެ ނަންބަރު 7871666 އާ ގުޅުއްވާ މިކޯޕަރޭޝަނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުނި ގެނައުމަށް އިލްތިމާސް ކުރަމެވެ. މިގޮތަށް ގެނެވޭ ކުނި ހުންނަންވާނީ ކޮތަޅު ލެވި ރަނގަޅަށް ބަންދު ކުރެވިފައެވެ. އަދި ބަންދު ނުކޮށް ގެނެވޭ ކުނި މިކޯޕަރޭޝަނުގެ ސައިޓުން ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

             ސަފާރީ ތަކުން ގެންނަ ކުނި މިނޫންގޮތަކަށް ގެނައުމަކީ، މިވަގުތަށް ރައްކާތެރި ކަމަކަށް ނުފެންނާތީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި އުސޫލަށް ޢަމަލުކުރުމަށް ހުރިހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިގޮތަށް ޢަމަލުނުކުރާ ފަރާތްތައް ފާހަގަ ކުރެވިއްޖެނަމަ، އެފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ވާހަކަ މިފުރުސަތުގައި ފާހަގަކުރަމެވެ.

            މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

16 މާރިޗް 2020
        

 

 

           

                                       

 

 

16 މާރިޗު 2020
ހޯދާ