މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަލަށް ވާރކް ވީޒާ އަދި އެހެނިހެން ވީޒާ އަށް އެދޭއިރު، ހުށަހަޅުއްވާ މެޑިކަލް ރިޕޯޓާއި ގުޅޭ

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި، ވާރކް ވީޒާ އަދި އެހެނިހެން ވީޒާ އަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓު ހުށަހެޅުއްވުމާއި ގުޅޭގޮތުން މި އިދާރާއިން ކުރެވުނު ނަންބަރު:  (IUL)94-L/1/2020/11 (13 މާރިޗު 2020) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.

ރިޒޯޓުތަކުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުން މެދުކަނޑާލެވިފައިވާތީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި، އަލަށް ވާރކް ވީޒާ އަދި އެހެނިހެން ވީޒާއަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވީޒާ ދޫކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި، މެޑިކަލް ރިޕޯޓާއި ނުލާ އަލަށް ވާރކް ވީޒާއަށް އެދި ހުށަހަޅުއްވާ ބިދޭސީފަރާތްތަކަށް ވާރކް ވީޒާ ދޫކުރެވޭނީ 03 (ތިނެއް) މަސް ދުވަހުގެ މުއްދަތަށް ކަމުގައި ވެސް ދެންނެވީމެވެ.

 މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިއިދާރާގެ ފޯނު ނަންބަރު  9199153 އަށް ގުޅުއްވުމަށް ވެސް ދެންނެވީމެވެ.      

15 މާރިޗު 2020
ހޯދާ