ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ

މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.

 މަޤާމް

 ލޭބަރަރ

 ބޭނުންވާ ޢަދަދު

 01

 މަސައްކަތް ކުރަންޖެހޭތަން

 އެސްޓީއޯ ޏ. ފުވައްމުލައް ފިހާރަ

 މުސާރައާއި އިނާއަތްތައް

 މަހަކު -/6000  ރުފިޔާއާއި -/7500 ރުފިޔާ ދެމެދު

 އެހެނިހެން އިނާޔަތްތައް

 • އިތުރުގަޑީގައި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
 • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު

 • އެސްޓީއޯ ޏ. ފުވައްމުލައް ފިހާރައާއި ގުދަނުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކޮށް ބެލެހެއްޓުން
 • މުދާ ލޯޑިންގ އަދި އަންލޯޑިންގެ މަސައްކަތް ކުރުން
 • ޑެލިވަރީ ޝީޓްގައިވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުން

 ފެންވަރު ނުވަތަ ޝަރުތު

 • ޢުމުރުން 18 އަހަރާއި 35 އަހަރު ދެމެދުގެ މީހަކު ކަމުގައިވުން.
 • ގްރޭޑް 7 ފުރިހަމަކޮށްފައިވުން
 • މަޤާމްގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

 އެހެނިހެން ހުނަރު

 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން
 • ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން

 ސުންގަޑި

 • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 މާރިޗް 22 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެ މިކުންފުނީގެ ވެބްސައިޓު  https://sto.mvމެދުވެރިކޮށް އޮންލައިންކޮށް ވަޒީފާއަށް ހުށަހެޅުއްވުން އެދެމެވެ.

 ނޯޓް

 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
 • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
 • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
 • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
 • ގުޅޭނެ ނަންބަރު 3344319

 

 

15 މާރިޗު 2020
ހޯދާ