ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރު ރަމަޟާން މަހު، ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން؛

މި އިޢުލާނާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 1441 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާނުގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ގެނެވޭ ހާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ހާފިޡުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2020 މާރިޗު 18 ވަނަ ދުވަހުގެ 13:15 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއިދާރާގެ މީޓިން ރޫމްގައެވެ. މަޢުލޫމާތު ކަރުދާސް މިކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމުކޮށް ފެންނާނެހެން ބެހެއްޓިފައިވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މާރިޗު 2020
ހޯދާ