އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓުލާ ތާރީޚް ބަދަލުވުން

ނަންބަރު: IUL)38-CA/38/2020/2)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓުލާ ތާރީޚް ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު A)CA-2020/43)  އަދި (A)CA-2020/44)  (ފެބްރުއަރީ 04, 2020) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވުނު އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، 2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިޢުލާން ކޮށްފައިވަނިކޮށް، މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ COVID-19 ގެ ސަބަބުން މިއަދުން ފެށިގެން 30 ދުވަހަށް ދިވެހިރާއްޖޭގައި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާ ގުޅިގެން، 2020 އެޕްރީލް 04 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން، 2020 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ

12 މާރިޗު 2020
ހޯދާ