ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުރަތަމަ ބުރު ދޫކުރި ހައުސިންގ ޔުނިޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ދެއްކުމަށް އެންގުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން، ފުރަތަމަ ބުރު ހައުސިންގ ޔުނިޓް ޙަވާލުކޮށްފައިވާ 135 ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަށް ދައްކަވަންޖެހޭ ޑައުންޕޭމަންޓަށްވާ ފައިސާ، އެއްކޮށް ނުދައްކަވާ ތިއްބެވި ފަރާތްތަކުން ޑައުންޕޭމަންޓް، މާރިޗް 2020  ގެ ނިޔަލަށް ދައްކަވާ ނިންމެވުމަށް އެންގީމެވެ.

އަދި މި ދެންނެވުނު ހައުސިންގ ޔުނިޓަށް ދައްކަވަންޖެހޭ މަހު ކުލި 1 އޭޕްރީލް 2020 އިން ފެށިގެން ނެގުމަށް ހަމަޖެހިފައިވާތީ އެކަންވެސް، ފުރަތަމަ ބުރު ހައުސިންގ ޔުނިޓް ލިބުނު 135 ފަރާތަށް އެންގީމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 މާރިޗު 2020
ހޯދާ