ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
އިންސްޕެކްޓަރެއް ހޯދުމަށް

 

 

 

 

                                                             ނަންބަރު: GMIZL-HR/IUL/2020/10

ވަޒީފާގެ ފުރުޞަތު


 

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަގާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

 

  1.     މަގާމު: އިންސްޕެކްޓަރ – (ޝިފްޓް ޑިޔުޓީ)

 

ބޭނުންވާ އަދަދު: 01

މަސްއޫލިއްޔަތު:

  • ތިލަފުށި / ގުޅީފަޅުގައި ތިބޭ ފަރާތްތައް ޢަމަލުކުރަމުންގެންދަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޢާންމު ޤަވާއިދާ އެއްގޮތައްތޯ ބަލައި މޮނީޓަރ ކޮށް ހައްލުކުރަންޖެހޭ ކަންތައްތައް ހައްލުކޮށް އިތުރަށް ބަލަންޖެހޭ ކަންތައްތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ތިލަފުށި / ގުޅީފަޅުގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުން.
  • ކުންފުނީގެ އާންމު ގަވައިދު ތިލަފުށި އަދި ގުޅީފަޅުގައި ތަންފީޒް ކުރުން އަދި އާންމު ގަވާއިދު ތަންފީޒް ކުރުމުގައި ދިމާވާ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި އެކަމަށް ބޭނުންވާ ހައްލު ހޯދުން.

 

ޝަރުތު:

  • ޖީ.ސީ.އީ.އޭ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 10 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

 

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

    މި މަޤާމްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 މާޗް 2020 ގެ 15:00 ގެ ކުރިން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯރމް (ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓްއިން އަދި ހެޑް އޮފީހުން ލިބެން ހުންނާނެއެވެ )
  • ސީ.ވީ.
  • ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސައިޒް ފޮޓޯއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  • ޕޮލިސް ސަރޓިފިކަޓް

 

މަތީގައި ބަޔާން ކުރެވިފައިވާ މުވައްޒަފުން މަސައްކަތް ކުރައްވަން ޖެހޭނީ ތިލަފުށި އަދި ގުޅީފަޅުގައެވެ.

 

 

އެޗް.އާރް ސެކްޝަން

އެޗް.އާރް އެންޑް އެޑްމިން ޑިޕާޓްމަންޓް

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513 ، ފެކްސް: 3307514

12 މާރިޗު 2020
ހޯދާ