ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ އުތީމް ޞިއްޙީމަރުކަޒުގެ ކަރަންޓު ވައިރިން ރަގަޅުކުރުމާއި ބެހޭ

އިއުލާން

       ހއ އުތީމް ޞިއްޙީމަރުކަޒުގައި މިހާރު ޤާއިމްކޮށްފައިވާ ސިންގަލްފޭސް ކަރަންޓްވިއުގަ ނެގުމަށްފަހު އަލުން ތްރީފޭސް ޑީބޯޑަށް 

ބަދަލުކޮށް އަލުން ކަރަންޓުވައިރުކުރުމާއި ގުޅޭގޮތުން 18 ނޮވެމްބަރ 2019 ގައި އެމަރުކަޒުން  ކޮށްފައިވާ އިއުލާން ނަމްބަރ A14-SM/2019/02

އަށް ހުށަހަޅުއްވާފައިވާ  އަންދާސީ   ހިސާބުތައް   އަގުބޮޑުކަމަށް  ފެންނާތީވެ  އެ އިއުލާން  ބާތިކޮށް  އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން

ބޭނުންވެއެވެ. 

         ވީމާ މިހޮސްޕިޓަލުންނާއި ހއ އުތީމް ޞިއްޙީމަރުކަޒުން ދޭ މައުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ 

ފަރާތްތަކުން 15 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިހޮސްޕިޓަލަށް ނުވަތަ އުތީމް ޞިއްޙީމަރުކަޒަށް ވަޑައިގެން މައުލޫމާތު 

ސާފުކުރެއްވުމަށްފަހު  19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިހޮސްޕިޓަލަށް ނުވަތަ އުތީމް ޞިއްޙީމަރުކަޒަށް ވަޑައިގެން 

އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން 

ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

10 މާރިޗު 2020
ހޯދާ