މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު (ކޮންޓްރެކްޓް)

މަޤާމް:

މަސައްކަތު (ފިރިހެން)

ބޭނުންވާ އަދަދު:

22

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ފްލެޓްސް އެންޑް އެސެޓް މެނޭޖްމަންޓް / މާލެ ސިޓީގެ މިސްކިތްތައް (މާލެ، ހުޅުމާލެ އަދި ވިލިމާލެ)

މުސާރަ:

3470.00

ސަރވިސް އެލެވަންސް:

1000.00

އެހެނިހެން އެލަވަންސް:

  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
  • ސަޕޯޓިންގ ކޯރ އެލަވަންސް: މަހަކު -/1200

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިސްކިތުގެ ކާޕެޓް، މަދުވެގެން 1 ފަހަރު ވެކިއުމްކޮށް ސާފުކުރުން. ބޮޑަށް ހަޑިވެއްޖެ ނަމަ، 1 ފަހަރަށްވުރެ ގިނަފަހަރު ވެކިއުމްކޮށް ސާފުކުރުން.
  2.  މިސްކިތުގެ ހުރިހާ ސިޑިތަކާއި ޓައިލްސް އަދި މާބްލްޖަހާފައިވާ ސަރަޙައްދުތައް، މަދުވެގެން 2 ފަހަރު ކުނިކަހައި، މޮޕްލައި ސާފުކުރުން.
  3. ކޮންމެ ރެއަކުވެސް ޢިޝާ ނަމާދުގެ ޖަމާޢަތް ނިމޭތާ ލަސްވެގެން 1 ގަޑިއިރު ފަހުން އަދި ރަމަޟާންމަހު ތަރާވީޙް ނަމާދު ނިމުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް އަލިކަން ބެހެއްޓުމަށް ފަހު، މިސްކިތުގެ ދިއްލުންތައް ނިއްވާލުމާއި ފަންކާތައް ނިއްވާލުން އަދި އިރުއެރުމުން ހުރިހާ ބޮކިތައް ނިއްވާލުން އަދި ކޮންމެ ފަރުޟު ނަމާދަކަށްފަހުވެސް ބޭނުމެންނެތި ޖަހާފައި ހުންނަ ފަންކާތަކާއި ދިއްލާފައިހުންނަ ބޮކިތައް ނިއްވާލުން.
  4. މިސްކިތުގެ ސިޑީގެ ޗެންޗޭނުތަކާއި މައިކް ސެޓޭންޑްތައް އަދި ދޮރުތަކާއި ދޮރުފަތްތަކާއި ފެންލައިޓްތައް ފުހެސާފުކުރުން.
  5. މިސްކިތުގެ ބިއްލޫރިތަކާއި އެތެރޭ ފާރުތައް ފުހެ ސާފުކުރުން.
  6. ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް، ކޮންމެ ފަރުޟު ނަމާދެއްގެ ވަގުތުޖެހުމުގެ، ލަސްވެގެން 15 މިނިޓް ކުރިން ދޮވެ ސާފުކުރުން. މީގެ ތެރެއިން މަދުވެގެން 2 ފަހަރު ދޮންނަ ކުނޑިއާއި ސާފުކުރުމަށް ބޭނުންކުރާ ކެމިކަލް ބޭނުންކޮށްގެން ދޮވެ ސާފުކުރުން...
  • މި މަޤާމުގައި ކުރަން ޖެހޭ މަސައްކަތްތަކުގެ އިތުރު ތަފްސީލްތައް މި މަޤާމަށް ފޯމް ހުށަހެޅުމުން ފޯރުކޮށްދެވޭނެއެވެ. 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން

ނުވަތަ

   2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމް، މި ފޯމް މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ދުޅަހެޔޮ ސިއްޚަތެއްގައި ހުރި މީހަކު ކަމުގައިވުން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރިޗް 2020 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05  އޭޕްރިލް 2020 އާއި 09  އޭޕްރިލް 2020 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                   15 ރަޖަބު 1441

10 މާރިޗު 2020
ހޯދާ