ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ރަމަޟާންމަހު ޓީވިއެމުން ގެނެސްދިނުމަށް ޤަސްތުކުރާ ވާދަވެރި ކަސްރަތު މުބާރާތެއް ރާވާ ހިންގާނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/36

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-07-20) PSM-TV-Pro /2020/12

 

 

 

 

އިޢުލާން

 

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

               1441 ވަނަ އަހަރު ރަމަޟާންމަހު ޓީވިއެމުން ގެނެސްދިނުމަށް ޤަސްތުކުރާ ވާދަވެރި ކަސްރަތު މުބާރާތެއް ރާވާ ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2020/25 ނަންބަރ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ. މިކަމަށް ބޭނުންވަނީ، މިފަދަ މުބާރާތް ރާވާ ހިންގުމުގެ ހުނަރުހުރި ފަރާތެކެވެ.

               ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 މާރޗް 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

               ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

14 ރަޖަބް    1441                                   

09 މާރޗް    2020                                   

09 މާރިޗު 2020
ހޯދާ