ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް 2 ޕިކަޕު ވިއްކާނޭ ފަރާތެއް ހޯދުން

ފ.ނިލަންދޫ ކައުންސިލް އިދާރާއަށް 1.5 ޓަނުގެ 2 (ދޭއް) ޕިކަޕު ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް މިތަކެތި ގެނެސްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް   2020 މާރިޗް 10 (ދިހައެއް) ވަނަ ދުވަހުން ފެށިގެން 2020 މާރިޗް 26 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު 9:00 އިން 12:00 އާދެމެދު، މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ބޭނުންފުޅުވާ ބޭފުޅުން، " ކައުންސިލަށް ގަންނަން ބޭނުންވާ 2 ޕިކަޕު ވިއްކުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 މާރިޗް 29  ވާ  އާދީއްތަ  ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

" ކައުންސިލަށް ގަންނަން ބޭނުންވާ 2 ޕިކަޕު ވިއްކުމަށް އެދި ހުށަހަޅާ ފޯމު" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

14  ރަޖަބު    1441

9  މާރިޗް   2020

09 މާރިޗު 2020
ހޯދާ