ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

 

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ     

މަޤާމުގެ ނަންބަރު:

J-252339

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ހިއުމަން ރިސޯސް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މުސާރަ:

މަހަކު -/ 5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް :

މަހަކު -/700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން އަސާސީ މުސާރައިގެ %35 (ސްޕެޝަލް ޑިއުޓީ) އެލަވަންސްގެ ގޮތުގައި ލިބޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ މުވައްޒަފުންގެ ވަކިކުރުމުގެ މަސައްކަތް ވިއުގަ މެދުވެރިކޮށް ކުރުމާއި  މުވައްޒަފަށް ވަކިކުރި ޗިޓް ފޮނުވުމާއިއެކު، ހުސްވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ގަވާއިދުގެ ތެރެއިން ކުރުން.
  2. ބިއުރޯގެ ހުރިހާ މަޤާމްތަކެއް ގެ ދަފްތަރު އަފްޓޭޓްކޮށް ބެލެހެއްޓުމާއި އަލަށް އުފައްދާ މާޤާމުތަކާއި/ އުވާލާ މަޤާމްތަކަށް ގެންނަ ބަދަލުތަކަށް ވިއުގަ މެދުވެރިކޮށް ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ކުރުން.
  3. ވަޒީފާ ހަމަޖެހިގެން އަލަށް ވަންނަ މުވައްޒަފާއެކު (ޕްރޮބޭޝަން މުއްދަތުގައި) މެންޓަރއެއްގެ ގޮތުގައި މަސައްކަތް ކުރުމާއި މުވައްޒަފުންނަށް  ދޭންޖެހޭ ލިޔުންތައް (ވަޒީފާގެ އެއްބަސް ވުމާއި ވަޒީފާ ދެއްވިކަމުގެ ލިޔުން ،ވަޒީފާ ބަޔާން، 35% އެލަވަންސް އަދި ސްޓެޓިސްޓިކަލް އޯތު) ތައްޔާރުކޮށް އަލަށް އަންނަ މުވައްޒަފު ލައްވާ ސޮއި ކުރުވުން.
  4. ބިއުރޯގެ މުވައްޒަފުންގެ ވަޒީފާބަޔާންތަކުގެ ތެރެއިން މަސައްކަތަށް ބަދަލުއަންނަ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް  ކޮންމެ ހަމަހަކުން އަފްޑޭޓް ކުރުން
  5. ހިއުމަން ރިސޯސް ކޮމިޓީގެ ޖަލްސާ އިންތިޒާމްކުރުމާއި މަދުވެގެން ކޮންމެ މަހަކު ފުތަރަމަ ހަފްތާ ތެރޭގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި ކޮންމެ އަހަރެއް ނިމުމުން ހިއުމަން ރިސޯސް ކޮމިޓީގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ސިވިލް ސަރވިސް އަށް ފޮނުވުން.
  6. މުސާރަ ލިބޭ އަދި މުސާރަނުލިބޭ  ގޮތަށް ވީއްލޭ މުވައްޒަފުންގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ، ރެކޯޑްސްތައް ގަވާޢިދުން ބެލެހެއްޓުން
  7. އަލަށް ގުޅޭ މުވައްޒަފުންގެ މަޢުލޫމާތުތައް އެމްޕްލޮއިމަންޓް ރެކޯޑްސް އަށް އެންޓަރކޮށް އެމްޕްލޮއިމެންޓް އިންފޯ ޤަވާއިދުން އަފްޑޭޓްކޮށް ބެލެހެއްޓުން.
  8. ބިއުރޯގެ  މަޤާމުތަކުގެ އަންނަ އަހަރުހެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފޮނުވަޖެހޭ މުއްދަތަށް ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނާ ހަވާލުކުރުން،
  9. ބިއުރޯގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތައް ވިއުގައިންގެނެސް  އޮނިގަނޑު އިސްލާޙްކޮށް ބެލެހެއްޓުން.
  10. އޮފީހުގައި އެވަގުތަކުހުރި މަޤާމުތަކާއި ކުރިންހުރި މަޤާމުތަކާއި މަޤާމުތަކަށް އަންނަ ބަދަލާއި އެމަޤާމުތަކާއިބެހޭ މައުލޫމާތުގެ ރެޖިސްޓްރީ ބެލެހެއްޓުމާއެކު ކޮންމެ އަހަރެއްގެ ޑިސެމްބަރ ފަހު ހަފްތާގައި އަހަރު ރިޕޯޓަށް މިމައުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށް ދިނުން.
  11. ބިއުރޯއިން ހިންގާ އެކިއެކި ސަރވޭތަކަށް  ވައްދާ ވަގުތީ މުވައްޒަފުން ވެއްދުމުގެ އެންމެހައި ކަންކަން ކުރުމާއި ވަގުތީ މުވައްޒަފުންގެ ޑޭޓަރ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. ބިއުރޯގެ މުވައްޒަފުންނަށް އީ. ގަވަރމަންޓް ޔޫޒާ ނޭމް ކްރިއޭޓްކޮށްދިނުމާއި ޕާސްވަރޑް ރީސެޓް ކުރުމަށް ފޮނުވާ ފާސްވޯޑް ލިބުނުކަން ކަށަވަރު ކުރުން.

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.            

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ބިއުރޯގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

  • މަޤާމަމުގެ ދާއިރާގެ ތައުލީމަށް  %35
  • މާގާމާއި ގުޅޭ ތަމްރީންތަކަށް % 5
  • ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިހާނަށް %5
  • ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބުނު މާކުސްގެ އިންސައްތަ
  • މަސައްކަތުގެ ހުނަރަށް ލިބުނު މާކްސްގެ އިންސައްތަ %40

މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތައަށްވުރެ މަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މާރިޗު 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބިއުރޯގެ ކައުންޓަރުން (ދާރުލް އީމާން އިމާރާތުގެ 9 ވަނަ ފަންގިފިލާ) އަދި އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުކުރުމާއި އިމްތިހާންކުރުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި އޮންނާނީ އިއުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާއެއްގެތެރޭގައެވެ. މި ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުންއަދި ޝަކުވާ ހުށަހެޅުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެސްއަކީ [email protected] އަށެވެ.

14 ރަޖަބް 1441 ހ

09 މާރިޗު 2020
ހޯދާ