މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮރޯނާވައިރަސް އާއި ގުޅިގެން، މިސައްކަތްތަކުގައި ހަރަކާތްތެރިވާ ސްޓާފުންނާއި ވޮލެންޓިއަރުންގެ ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 

ކޮރޯނާވައިރަސް އާއި ގުޅިގެން، މިސައްކަތްތަކުގައި ހަރަކާތްތެރިވާ ސްޓާފުންނާއި ވޮލެންޓިއަރުންގެ ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 މާރިޗު 2020 ވާ ހޯމަ ދުވަހުން ފެށިގެން 10 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 11 މާރިޗު 2020 ވާ ބުދަ ދުވަހު ހެނދުނުު 09:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 މާރިޗު 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 މާރިޗު 2020 ވާ ބުދަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

13 ރަޖަބު 1441

08 މާރިޗު 2020
ހޯދާ