މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމަށް މީހުން ހޯދުމާއިގުޅޭ

 

އިޢުލާން

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

4 (ހަތަރެއް)

މަޤާމުގެ ގިންތި

ވަގުތީ ( 2 މަސް ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން

އައިސޮލޭޝަން ފެސިލިޓީތައް

އުޖޫރަ

ގަޑިއަކަށް -/70 ރުފިޔާގެ ރޭޓް އިން

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ޑިއުޓީ އުޞޫލުން)

މައިގަނޑު މަސައްކަތްތައް

  1. އައިސޮލޭޝަން ފެސިލިޓީތަކުގައި އިދާރީ ގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބަލިމީހުންގެ މެޑިކަލް ރެކޯޑްސްތައް ބެލެހެއްޓުން.
  4. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބަލިމީހުންނާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްސްތައް ތައްޔާރުކުރުމާއި، ރިޕޯޓްތައް ފޮނުވަންޖެހޭ ތަންތަނަށް ދުވަހުން ދުވަހަށް ފޮނުވުން.
  5. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މުވައްޒަފުންގެ ޑިއުޓީ ރޯސްޓާތައް ހަދާ މުވައްޒަފުންނަށް އެންގުން.
  6. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މުވައްޒަފުންގެ ހާޒިރީ އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. މުވައްޒަފަކު ޗުއްޓީނެގުމުންނާއި، ސަލާންބުނާ ހާލަތްތަކުގައި ޑިއުޓީ ތަކަށްދަތި ނުވާނެ ގޮތަކަށް މުވައްޒަފުންގެ ޑިއުޓީތައް ހަމަޖެއްސުން.
  8. އެޓެންޑެންޓުންނާއި މަސައްކަތު މީހުންނާއި މަސައްކަތްތައް ހަވާލުކުރެއްވުމާއި ސުޕަވައިޒްކުރުން.
  9. ޑިއުޓީ ކުރުމުގައި އެއިރެއްގައި މިނިސްޓްރީން އަންގާ ތަނެއްގައި ޑިއުޓީ ކުރުން.
  10. ރަސްމީ މަސައްކަތްތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމު

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

4 (ހަތަރެއް)

މަޤާމުގެ ގިންތި

ވަގުތީ ( 2 މަސް ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން

އައިސޮލޭޝަން ފެސިލިޓީތައް

އުޖޫރަ

ގަޑިއަކަށް -/50 ރުފިޔާގެ ރޭޓް އިން

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ޑިއުޓީ އުޞޫލުން)

މައިގަނޑު މަސައްކަތްތައް

  1. އައިސޮލޭޝަން ފެސިލިޓީތަކުގައި އިދާރީ ގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މުވައްޒަފުންގެ ޑިއުޓީ ރޯސްޓާތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  4. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މުވައްޒަފުންގެ ހާޒިރީ އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. އެޓެންޑެންޓުންނާއި މަސައްކަތު މީހުންނާއި މަސައްކަތްތައް ހަވާލުކުރެއްވުމާއި ސުޕަވައިޒްކުރުން.
  6. ޑިއުޓީ ކުރުމުގައި އެއިރެއްގައި މިނިސްޓްރީން އަންގާ ތަނެއްގައި ޑިއުޓީ ކުރުން.
  7. ރަސްމީ މަސައްކަތްތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ގްރޭޑް 10 ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16މާރިޗު 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

  

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ، ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ޖެހުމަށް ދަންނަވަމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،2020ވަނަ އަހަރުގެ މާރިޗު މަހުގެތޭގައި މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

 

08 މާރިޗު 2020
ހޯދާ