މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެޓެންޑެންޓް، މަސައްކަތު އަދި މެއިންޓެނަންސް މަގާމަށް މީހުން ހޯދުމާއިގުޅޭ

 

އިޢުލާން

މަޤާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

30 (ތިރީސް)

މަޤާމުގެ ގިންތި

ވަގުތީ ( 2 މަސް ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން

އައިސޮލޭޝަން ފެސިލިޓީތައް

އުޖޫރަ

ގަޑިއަކަށް -/70 ރުފިޔާގެ ރޭޓް އިން

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ޑިއުޓީ އުޞޫލުން)

މައިގަނޑު މަސައްކަތްތައް

  1. ކޮރޯނާ ވައިރަސްއާއި ގުޅިގެން މި މިނިސްޓްރީގެ ފަރާތުން މާލެ ސަރަހައްދުގައި ގާއިމް ކުރެވިފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން.  
  2. އައިސޮލޭޝަން ފެސިލިޓީތަކުގައި ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން.
  3. ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި އައިސޮލޭޝަން ފެސިލިޓީތައް ކުނިކަހާ، މޮޕްއަޅާ ސާފުކުރުން.
  4. މުވައްޒަފަކު ޗުއްޓީނެގުމުންނާއި، ސަލާންބުނާ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
  5. ވޯޑު ތަކުގެ އެނދުތަންމަތި ބަދަލުކުރުމާއި، އެނދުތައް ޑިސްއިންފެކްޓްކުރުން.
  6. އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންތަކުގައި ނަރުހުންނަށް އެހީތެރިވުން
  7. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާމަސައްކަތްތައް ކުރުން
  8. ޑިއުޓީ ކުރުމުގައި އެއިރެއްގައި މިނިސްޓްރީން އަންގާ ތަނެއްގައި ޑިއުޓީ ކުރުން.
  9. ރަސްމީ މަސައްކަތްތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން އެނގުން.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

4 (ހަތަރެއް)

މަޤާމުގެ ގިންތި

ވަގުތީ ( 2 މަސް ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން

އައިސޮލޭޝަން ފެސިލިޓީތައް

އުޖޫރަ

ގަޑިއަކަށް -/70 ރުފިޔާގެ ރޭޓް އިން

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ޑިއުޓީ އުޞޫލުން)

މައިގަނޑު މަސައްކަތްތައް

  1. އައިސޮލޭޝަން ފެސިލިޓީތަކުގެ ގޯތިތެރެއާއި އިމާރާތް ފޮޅާ ސާފުކޮށް ކުނިކަހާ ބެލެހެއްޓުން.
  2. އެޓެންޑެންޓެއް ނެތްހާލަތެއްގައި އެޓެންޑެންޓްގެ މަސައްކަތްތައް ކުރުން.
  3. އެދުގައިއަޅާ ބެޑުސީޓް،ބާލިސް، ބާލިހުއުރަ ތުވާލި، ދޮރުފޮތި، ދޮވެހިއްކާ ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ފާޚާނާތަށް ދޮވެސާފު ކުރުން، ފާޚާނާއަށް ބޭނުންވާ ތަކެތި ރިކުއެސްޓްކޮށް އެތަކެތި ފާޚާނާތަކަށް ހަމަކުރުން.
  5. ޑިއުޓީ ކުރުމުގައި އެއިރެއްގައި މިނިސްޓްރީން އަންގާ ތަނެއްގައި ޑިއުޓީ ކުރުން.
  6. އައިސޮލޭޝަން ފެސިލިޓީތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ބޭނުންޖެހިއްޖެ ހިދެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. ރަސްމީ މަސައްކަތްތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން އެނގުން.

މަޤާމު

މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ ( 2 މަސް ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން

އައިސޮލޭޝަން ފެސިލިޓީތައް

އުޖޫރަ

ގަޑިއަކަށް -/70 ރުފިޔާގެ ރޭޓް އިން

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު

މައިގަނޑު މަސައްކަތްތައް

  1. އައިސޮލޭޝަން ފެސިލިޓީތަކުގައި ދުވަހުން ދުވަހުން ކުރަންޖެހޭ މެއިންޓަނެންސް މަސައްކަތް ތާވަލްކޮށް ކުރުން.
  2. އައިސޮލޭޝަން ފެސިލިޓީތަކުގެ އެއަރކޮންޑިޝަން، ލައިޓް ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ބަލާ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރުން. 
  3. އައިސޮލޭޝަން ފެސިލިޓީތަކުގެ މަރާމާތުގެ މަސައްކަތާއި ގުޅޭ އެންމެހާ ލިއެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  4. އައިސޮލޭޝަން ފެސިލިޓީތަކުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން.
  5. ޑިއުޓީ ކުރުމުގައި އެއިރެއްގައި މިނިސްޓްރީން އަންގާ ތަނެއްގައި ޑިއުޓީ ކުރުން.
  6. ރަސްމީ މަސައްކަތްތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން ދަތުމާއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

 5.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16މާރިޗު 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

  

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ، ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ޖެހުމަށް ދަންނަވަމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،2020ވަނަ އަހަރުގެ މާރިޗު މަހުގެތޭގައި މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

 

 

08 މާރިޗު 2020
ހޯދާ