ދިވެހިރާއްޖެ
ނަންބަރު: A)CA-2020/147)
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020
2020 އޭޕްރިލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، މާލެ ސިޓީ، T10- މައްޗަންގޮޅި އުތުރު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
ފާޠިމަތު ބަދޫރާ |
މ. ފްލޮރެންޓީން / މާލެ |
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.