އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :

މަސައްކަތުމީހުން .  

 

މަގާމުގެ ނަމްބަރު

-

 

ބޭނުންވާ ޢަދަދު

03 ( ތިނެއް )

 

މަޤާމުގެ ގިންތި :

ވަގުތީ ( 1 އަހަރު ގެ ކޮންޓްރެކްޓް ވަގުތީ )

 

މަގާމުގެ ރޭންކް

އެސް.އެސް - 1

 

މަގާމުގެ ކްލެސިފިކޭޝން:

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން :

އއ. ރަސްދޫ ކައުންސިލްގެ އިދާރާ   

 

މުސާރަ :

-/3,000 ރުފިޔާ.

 

ސަރވިސް އެލެވަންސް :

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ.

 

 

އެހެނިހެން އެލެވަންސް :

އިތުރުގަޑީގައި މަސައްކަތެއް ކުރައްވައިފިނަމަ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް އިތުރު ގަޑީގެފައިސާ ދެވޭނެއެވެ.

 

 

އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞާ އިނާޔަތް ދެވޭނެއެވެ.

ސަޕޯޓިންގ ކޯ އެލެވަންސް :

 މިއީ 1 އަހަރު ދުވަހުގެ ވަގުތީ ކޮންޓެކްޓް މަގާމަކަށްވާތީ މި މަގާމަށް ސަޕޯޓިންގ ކޯ ގެ އެލެވަންސް އެއް ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

  1. ޙަވާލުކުރެވޭ ސެޑިއުލާ އެއްގޮތަށް ރަސްދޫގެ އިޖުތިމާއީ ސަރަޙައްދުތަކާއި، ބަނދަރު ހިމެނޭ ސަރަޙައްދާ އަދި ހޭޅިފަށާ، ބައެއް ބަގުތައްގެ ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  2. ކައުންސިލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
       

 

 

މަޤާމުގެ ޝަރުޠުތައް :

. ލިޔަންކިޔަން އެނގުން .1 

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ސްކޫލު 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

ސަޕޯޓިންގެ ދާއިރާއިން.

ހުށަހަޅަންޖެހޭ  ލިއުންތައް :

  1. ފުރިހަމަކޮށްފައިވާ ރަސްދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމް ، މި ފޯމް އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ލިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެޔްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. 7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮޔް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 

 

 

 

 

ދާއިރާ

 

މާކްސް

އިންސައްތަ

%

ކެޓެގަރީގެޖުމްލަ

އިންސައްތަ

ތަޢުލީމާއި،ތަމްރީން.

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން.

30

05

މަސައްކަތު ތަޖްރިބާ .

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

މަޤާމަށްއެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އއ. ރަސްދޫ ކައުންސިލް އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި ، މުއްދަތު :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 މާރޗް 2020، 31 މާރޗް 2020 އާއި،  ދެމެދު، އއ. ރަސްދޫ ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގައެވެ.  

ޝޯޓް ލިސްޓްކުރުން.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660714 އަށެވެ. އީ.މެއިން އެޑްރެސް [email protected]  އަށެވެ.

05 މާރިޗު 2020
ހޯދާ