މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސެކަންޑް ކެރިއަރ ބީއެލް ހުށަހެޅުމާބެހޭ:

ސެކަންޑް ކެރިއަރ ބީއެލް ހުށަހެޅުމާބެހޭ:

            ކަނޑުގެމަގުން ރާއްޖެއަށް އިމްޕޯޓް/އެކްސްޕޯޓްކުރާ މުދާ ކްލިއަރކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން ބިލް އޮފް ލޭޑިންގ (ބީ.އެލް) އަކީ މުދާ ފޮނުވި ފަރާތާއި، މުދަލުގެ ބަރުދަން، ކޮންސައިނަރ، ކޮންސައިނީ، މުދާގެނައި ބަނދަރު އަދި މުދާ ގެނައި ބޯޓުގެ މައުލޫމާތު ކަސްޓަމްސްއަށް ފޯރުކޮށްދޭ ލިޔުމެކެވެ. މިގޮތުން އެއް ބަނދަރަށްވުރެ ގިނަ ބަނދަރު މެދުވެރިކޮށް ރާއްޖެއަށް މުދާ ގެންނަ ހާލަތުގައި، އެންމެފަހު ބަނދަރުން ރާއްޖެއަށް މުދާ އުފުލި ބޯޓުގެ މައުލޫމާތު ހޯދުމަށްޓަކައި ސެކަންޑް ކެރިއަރ ބީއެލްއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ ލިޔުމެއްގެގޮތުގައި މިހާތަނަށް ކަނޑައެޅި އެގޮތަށް އަމަލުކުރަމުން ގެންގޮސްފައިވެއެވެ.

           ނަމަވެސް، މިދެންނެވި މައުލޫމާތަކީ ކަސްޓަމްސްއަށް ހުށަހަޅާ މުދަލުގެ މެނިފެސްޓުން މިހާރު ލިބެންހުންނަ މައުލޫމާތެއް ކަމަށްވާތީވެ، 2020 މާރިޗު 5 ވަނަ ދުވަހުން ފެށިގެން މުދަލުގެ ސެކަންޑް ކެރިއަރ ބީއެލް ކަސްޓަމްސްއަށް ހުށަހަޅަން ނުޖެހޭގޮތަށް ކަނޑައަޅާފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.  

05 މާރިޗު 2020
ހޯދާ