ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ލަންދޫ ސިއްހީމަރުކަޒުގެ ރިސެޕްޝަނިސްޓް މަޤާމަށް ވަގުތީ މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. ލަންދޫޞިއްޙީމަރުކަޒްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

ރިސެޕްޝަނިސްޓް

މަޤާމްގެ ނަންބަރު:

J-253752

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

06 މަސް ދުވަސް

މަޤާމުގެ ރޭންކް:

ޖީ.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް2   

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.ލަންދޫ ސިއްޙީމަރުކަޒު

މުސާރަ:

-/4000 ރުފިޔާ

ސަރވިސްއެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. މިނިސްޓްރީ އޮފް އެމްޕްލޯއީމަންޓް އެންޑް ލޭބަރގެ ވަޒީފާއާއިބެހޭ ޤާނޫނާއި ދިވެހި ސިވިލްސާރވިސް އިން މުވައްޒަފުން އަމަލުކުރުމަށްޓަކައި ހެދިފައިވާ އެންމެހާ ގަވާއިދުތަކާއި، ސަރކިއުލާތަކުގައިވާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތުން.
  2. ޞިއްހީ މަރުކަޒާއި، ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން.
  3. ކަނޑައެޅިފައިވާ ޑިއުޓީގައި ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީ ކުރުން.
  4. ކަނޑައެޅިފައިވާ ޑިއުޓީގައި ޑޮކްޓަރަށް ދެއްކުމަށް ޞިއްހީ މަރުކަޒަށް އަންނަ ބަލިމީހުންނަށް ޤަވާއިދުން ނަންބަރު ދޫކުރުން
  5. ކަނޑައެޅިފައިވާ ޑިއުޓީއެއްގައި ބަލިމީހާގެ ފަރާތުން ޞިއްހީމަރުކަޒުގެ އޮފީހުން ބޭނުންވާ މަޢުލޫމާތާއި، ރިޕޯޓުތައް ބެލެހެއްޓުން
  6. ތަރުޖަމާކުރަން ޖެހޭ ހާލަތްތަކުގައި ތަރުޖަމާކުރުން
  7. ކަނޑައެޅިފައިވާ ޑިއުޓީގައި ޞިއްހީމަރުކަޒަށް އަންނަ މީހުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުން
  8. ބަލިމީހުންގެ ސްޓެޓިސްޓިކް ބަލަހައްޓާ، ކަނޑައެޅިފައިވާ ގޮތުގެ މަތިން ޞިއްހީމަރުކަޒުގެ އޮފީހަށް ސްޓެޓިސްޓިކް ދިނުން
  9. މަންތްލީ އޭއެންސީ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ޕަބްލިކް ހެލްތް ޔުނިޓަށް ކޮންމެ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ފޮނުވައިދިނުން
  10. އެންސީޑީސީ ރެޖިސްޓަރ އަޕްޑޭޓް ކުރުމަށް ބޭނުންވާ މައުލޫމާތު ޕަބްލިކް ހެލްތް ޔުނިޓަށް މަހަކު އެއްފަހަރު ފޮނުވައި ދިނުން
  11. ޑެއިލީ ސަރވައިލަންސް ރިޕޯޓް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 08:30 ގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓަށް ފޮނުވުން
  12. ޑެއިލީ ސަވައިލަންސް ރިޕޯޓްގައި ކޮމިއުނިކަބްލް ޑިސީސް ނޯޓިފައިން ކޭސްއެއްވާނަމަ އެކަން ޕަބްލިކް ހެލްތްގެ މުވައްޒަފުންނަށް އެންގުން.
  13. އެކިއެކި ބޭނުންތަކުގައި ޞިއްހީމަރުކަޒަށް  އަންނަ މީހުންނާއި ރީތިބަހުން ވާހަކަދައްކައި ހިތްހެޔޮކަމާއިއެކު އެހީތެރިވެ މަގުދައްކައި ދިނުން.
  14. ޑިއުޓީގެ ވަގުތުގައި ޑޮކްޓަރަށް ދެއްކުމަށާއި އެކިއެކި ތަހްލީލުތަކަށް ނަގަންޖެހޭ ފައިސާ ނެގުމާއި، އާސަންދައިގެ ޕޭޝެންޓެއްނަމަ، ޓްރާންސެކްޝަން ހެދުން.
  15. އާސަންދާގެ ގޮތުގައި ހެދޭ އެންމެހާ ބިލްތަކާއި ކުރެވޭ އެހެނި ހެން މުއާމަލާތް ތައް ދުވަހުން ދުވަހަށް ބަލާ ނިންމާ ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން
  16. ޕޭޝަންޓެއް ރިފަރކުރާނަމަ އެކަމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
  17. އާމްދަނީގެ ގޮތުގައި ލިބޭފައިސާ އިދާރީ މުވައްޒަފާއި ހަވާލްކުރުން.
  18. އާސަންދައިގެ ރިޕޯޓާއި އާމަދަނީ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް އިދާރީ މޭޒާއި ހަވާލްކުރުން
  19. ބަލިމީހުން ބަލާ ކޮޓަރީގައި ބޭސްސިޓީ ހަމަކޮށް ބެހެއްޓުން.
  20. ޑެއިލީ ސެންސަސް ދުވަހުން ދުވަހަށް އެންޓަރކުރަމުން  ގެންދިއުން.
  21. ޞިއްހީމަރުކަޒުގެ އާއްމުއުޞޫތަކާއި، ޤަވާއިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  22. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާމަސައްކަތްތަކާއި އެކިއެކި އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.
  23. އެކިއެކި ބޭނުންތަކުގައި ޞިއްހީމަރުކަޒަށް ޒިޔާރަތްކުރާ މީހުންނާ ރިވެތިބަހުން ހިތްހެޔޮކަމާއެކު ވާހަކަދައްކާ ބޭނުންވާ ޚިދުމަތެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުން.
  24. ފޯނުކޯލުތަކަށް ރިވެތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން.
  25. ޞިއްހީމަރުކަޒުގެ އޮފީހުން އަންގާ އެހެނިހެން މަސަކަތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތު

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު ، 'ސެކަންޑަރީ ސްކޫލު'ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގުރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭފޯމް (މިފޯމް ނ. ލަންދޫ ސިއްޙީމަރުކަޒުންލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ވަޒީފާއަށް އެދޭފަރާތުގެވަނަވަރު(ގުޅޭނެ ފޯން ނަންބަރާއި،އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބަލާނެކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރިޗް 2020 ވަނަ ދުވަހުގެ 14:00 ގެކުރިން ނ.ލަންދޫސިއްޙީމަރުކަޒަށެވެ.ވަޒީފާއަށްއެދޭ ފޯމާއިލިޔުންތައްއީ-މެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 22މާރިޗް 2020އާއި 31 މާރިޗް 2020 އާއި ދެމެދު ނ.ލަންދޫ ސިއްޙީމަރުކަޒު ގައެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ނ.ލަންދޫ ސިއްޙީމަރުކަޒުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް ނ.ލަންދޫ ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި6560599ނަންބަރު ފޯނާއެވެ.

އީމެއިލް ކުރާނީ [email protected]އަށެވެ.

04 މާރިޗު 2020
ހޯދާ