ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އޭސީ ބެހެއްޓުމާއި ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، މިކައުންސިލުން އޭސީ ދިނުމުން 2 އޭސީ ބެހެއްޓުމާއި، 5 އޭސީ ސަރވިސް ކުރުމާއި، 1 އެސީ އަށް ގޭސް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 މާރޗް 2020  ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރޗް ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭގަޑިގައި މަޢުލޫމާތު ނެގޭނީ ހާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

03 މާރިޗު 2020
ހޯދާ