ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

މަޤާމު: ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 01  (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް އުސޫލުން (06 މަސްދުވަސް)

މުސާރައާއި އިނާޔަތް: ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

 

ތަޢުލީމާ ތަޖުރިބާ

  1. މަގާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ހުޅުމާލެ ހޮސްޕިޓަލްގައި ހެދުމަށް ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަށް ބޭނުންވާ ޓެކްނިކަލް ސަޕޯރޓްދިނުން، އެގޮތުން އިމާރާތުގެ އިންޓީރިއަރ ޑިޒައިންގެ ލޭއައުޓް ތައްޔާރުކުރުމާއި އިމާރާތް ފަރުމާކުރުމަށް ބޭނުންވާ ޓެކްނިކަލް ލަފާދިނުން

2- ޑިޕާރޓްމަންޓަށް ބޭނުންވާ އެސް. އޯޕީތައް ތައްޔާރުކުރުން.

3- ސެންޓަރއަށް ބޭނުންވާ ޓްރޭނިންގ ރިކްއަރމެންޓްތައް ތައްޔާރުކުރުން

4- ސެންޓަރގެ ރެކޯޑްތައް ބެލެހެއްޓޭނެ އުޞޫލެއް ޤާއިމްކުރުން

5- ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަށް ބޭނުންވާ ސްޓާފް ރިކްއަރމެންޓް ތައްޔާރުކުރުން

ކުރިމަތިލުމުގެ ސުންގަޑި: 09 މާރިޗް 2020  ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ޚާއްޞަ ސަމާލުކަމަށް:

މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު މަސައްކަތު 1 ހަފްތާގެ ތެރޭގައެވެ. އެއްވެސް ސަބަބަކާ ހުރެ، އެމުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134   ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

03 މާރިޗު 2020
ހޯދާ