ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ނ. ހޮޅުދޫ ރޯޑް ކޮންސްޓްރަކްޝަން ޔުނިޓް)

ވަޒީފާގެ ފުރުޞަތު

 މިކޯޕަރޭޝަންގެ ނ. ހޮޅުދޫ ރޯޑް ކޮންސްޓްރަކްޝަން ޔުނިޓަށް ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 އޮޕަރޭޝަން އިންޗާރޖް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

 އޮޕަރޭޝަން އިންޗާރޖް - ގްރޭޑް 1

މުސާރަ:

 މަހަކު 9000.00ރ އާއި 10000.00ރ ދެމެދު

އެހެނިހެން ޢިނާޔަތްތައް:

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނ. ހޮޅުދޫ ރޯޑް ކޮންސްޓްރަކްޝަން ޔުނިޓް

ފެންވަރު ނުވަތަ ޝަރުތު:

 - މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 - މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

އެހެނިހެން ޝަރުތު:

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - އޮޕަރޭޝަން ސެންޓަރުގެ ހިންގުމަށްޓަކައި ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް ރާވައި، ހިންގުން.

 - އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މޮނިޓަރކޮށް މަސައްކަތު ރިޕޯޓު ތައްޔާރުކޮށް، ފޮނުވަންޖެހޭ ޑިޕާރޓްމަންޓު ތަކަށް ފޮނުވުން.

 - އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ކަމާބެހޭ ޑިޕާރޓްމަންޓްތަކަށް ފޮނުވުމާއި، ލިބޭ ތަކެއްޗާއި، ބޭނުންކުރެވޭތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން.

 - އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު، ސައިޓްގެ މުވައްޒަފުންނާއި ވާހަކަ ދައްކައިގެން ހޯދައި، އެފަދަ މައްސަލަތައް ހައްލުކުރުން.

 - މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލަފާ މަތިން ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުން.

 - އޮޕަރޭޝަން ސެންޓަރުގެ އިދާރީ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެމަތިން މުވައްޒަފުން އަޚުލާޤީ މިންގަނޑު ބަލައި އިޞްލާޙު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

 - މުވައްޒަފުންނާ ބެހޭގޮތުން ކުރެވޭ މުޢާމަލާތުތަކުގެ ފުރިހަމަ ރެކޯޑްސް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުސޫލުތަކާއި ޚިލާފަށް ހިނގާކަންކަން އިޞްލާޙު ކުރުން.

މަޤާމް: 

 އެޑްމިން އޮފިޝަލް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

 އެޑްމިން އޮފިޝަލް - ގްރޭޑް 1

މުސާރަ:

 މަހަކު 6000.00ރ އާއި 7000.00ރ ދެމެދު

އެހެނިހެން ޢިނާޔަތްތައް:

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނ. ހޮޅުދޫ ރޯޑް ކޮންސްޓްރަކްޝަން ޔުނިޓް

ފެންވަރު ނުވަތަ ޝަރުތު:

 - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 - މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - މުވައްޒަފުންނާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ކުރުން.

 - ޕްރޮޖެކްޓް ސައިޓް އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރުން.

 - ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުން (މެއިލްކުރުން).

މަޤާމް:

 ސަޕޯރޓް ސްޓާފް

ބޭނުންވާ ޢަދަދު:

 03 (ތިނެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

 ސަޕޯރޓް ސާރވިސް - ގްރޭޑް 1

މުސާރަ:

 މަހަކު 5000.00ރ އާއި 6000.00ރ ދެމެދު

އެހެނިހެން ޢިނާޔަތްތައް:

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނ. ހޮޅުދޫ ރޯޑް ކޮންސްޓްރަކްޝަން ޔުނިޓް

ފެންވަރު ނުވަތަ ޝަރުތު: 

 - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން.

އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން.

 - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން.

 - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.

 - މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން.

 - މިކޯޕޮރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން.

ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 10 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް ([email protected]) އަށް ފޮނުވަންވާނެއެވެ.

 އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  3.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މާރޗް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

07  ރަޖަބް  1441

02  މާރިޗު  2020

 

02 މާރިޗު 2020
ހޯދާ