މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީގެ ސާމްޕަލް އުފުލުން

ލެބޯޓްރީގެ ސާމްޕަލް އުފުލުން

 

                        މ.އަތޮޅުގެޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގެ ޞިއްޙީ މަރުކަޒުން ޓެސްޓް ތަކުގެ ސާމްޕަލް ކަނޑައެޅޭ ރަށްރަށަށް ގެންދިއުމާއި ސާމްޕަލް އުފުލާ ކޯލްޑްބޮކްސް އަނބުރާ ގެނައުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)MRH-PRO/2019/20 3ޑިސެމްބަރ 2019 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބްތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީއާއި ހުށަހަޅަންޖެހޭ ޑޮކިއުމަންޓްސް ހުށަހަޅާފައި ނުވާތީވެ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ސާމްޕަލް ގެންދަންޖެހޭ ރަށްރަށް

 

  • މ ނާލާފުށީ ޞިއްޙީ މަރުކަޒުން މ މުލީ ރީޖަނަލް ހޮސްޕިޓަލަށް

 

             މިދަތުރުތަށް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މ ނާލާފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް  މ ނާލާފުށީ ޞިއްޙީ މަރުކަޒަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

 

                      މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަށް ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، 6720605  މިނަމްބަރާއި ގުޅުއްވުން އެދެމެވެ.

 

07 ރަޖަބް 1441

02 މާރޗް 2020

02 މާރިޗު 2020
ހޯދާ