މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އައި.އެމް.އޯ އިންޓަރްނެޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް ސްކޮލަރޝިޕް 2020

އައި.އެމް.އޯ އިންޓަރްނެޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް ސްކޮލަރޝިޕް 2020

މޯލްޓާ

ގައުމު:  

1 އަހަރު

ކޯހުގެ މުއްދަތު  

1 މާސްޓަރސް އޮފް ލޯރ (LLM)

1 މާސްޓަރސް އޮފް ހިޔުމަނިޓީސް (M.HUM)

ކޯހުގެ ލެވެލް އަދި ޢަދަދު:

މާސްޓަރސް ޑިގްރީގެ ޝަރުތު:

- ބެޗެލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން.

- އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 600 އިން ފެށިގެން މަތި.

- މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން.

- 15 މާރިޗް 2020 ގެ ނިޔަލަށް އުމުރުން 40 އަހަރު ފުރިފައި ނުވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ކެންޑިޑޭޓެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

.4 ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

5. މެޑިކަލް ރިޕޯޓް

6. 2 (ދެއެއް) ރިފަރެންސް ލެޓަރ

7. މޯޓިވޭޝަން ލެޓަރ

8. ފެލޯޝިޕް އެޕްލިކޭޝަން ފޯމު

9. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

10. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

11. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

* މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި http://www.imli.org މި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

* މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ.  އަދި ފައިނަލް ސިލެކްޝަން ހައްދަވާނީ  އައި.އެމް.އޯ އިންޓަރނެޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް އިންނެވެ.

* މި ސްކޮލަރޝިޕަށް ފުރުސަތު ދިނުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ ޝަރުތުހަމަވާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ. އަދި އެމިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުން ހިންގަމުންދާ އޮފީސްތަކުގައި މުވައްޒަފުންގެ ތެރެއިން ވަކި ޕްރޮގްރާމަކަށް، ޝަރުތުހަމަވާ އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ތިބިނަމަ އިސްކަންދޭނީ އެދާއިރާގައި ވަޒީފާ އަދާ ކޮށްފައިވާ މުއްދަތަށެވެ.

* މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަންފީ،އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ލިބޭނެއެވެ.

* މި ސްކޮލަރޝިޕަށް ޝަރުތުހަމަވާކަން މި މިނިސްޓްރީއިން އެންގުމުން އެޕްލިކޭޝަން ފީ އެއްގެ ގޮތުގައި 150 ޔޫރޯ އަދި ފެލޯޝިޕް އެޕްލިކޭޝަންފީ އެއްގެ ގޮތުގައި 200 ޔޫރޯ ޔުނިވަރސިޓީގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ޖަމާވިކަމުގެ ލިޔުން ޔުނިވަރސިޓީއަށް ފޮނުވުމަށްޓަކައި، މި މިނިސްޓްރީއަށް ހުށައަޅަން ވާނެއެވެ.

* މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ކޮލިފައިވާ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، ޔުނިވަރސިޓީގެ އެޕްލިކޭޝަންއާއި އެއާއި ގުޅޭ ލިޔުންތަކުގެ އެޓެސްޓެޑް އޮރިޖިނަލް މި މިނިސްޓްރީއަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

* މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރު އޮކްޓޯބަރ މަހުގައެވެ.

* މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

* އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

* ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ. އަދި ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

* މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓުންނަށް ހޯދައެއް ނުދެވޭނެއެވެ.

* ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިޤުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރަންވާނެއެވެ.

* ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

* ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، " މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

* އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

* "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

* އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

* ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 08 މާރިޗް 2020 ވާ އާދިއްތަ ދުވަހުގެ :0012 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:   http://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3026966 / 3026942 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

01 މާރިޗު 2020
ހޯދާ