ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ

ފުވައްމުލަކު މާދަޑު ކަރަންކާގެ ގޯޅީގައި މަލްއަތިގެދަރު ގޯއްޗާއި އިންވެގެން އޮތް 728.2 އަކަފޫޓުގެ ބިމާއި އެބިމުގައި ކޮށްފައިވާ އިމާރާތް ކުއްޔަށް  ދިނުމަށް 16 ފެބުރުވަރީ 2020 ގައި ކުރެވުނު (ނަންބަރ: (IUL)468-LID/468/2020/17) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ކުރިން މިދެންނެވި އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ މިބިމާއި އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވަ ފަރާތްތަކުން 09 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:30 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދަރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު 15 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  

01 މާރިޗު 2020
ހޯދާ