އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020- ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

ނަންބަރު:A)CA-2020/117)

 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

 

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

           04 އޭޕްރިލް 2020 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.

 

ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން

އަތޮޅު/ސިޓީ

            ތަން

ތާރީޚު

ގަޑި

އަތޮޅުތައް

ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް

04 މާރިޗު 2020، ބުދަ

10:00

ފުވައްމުލައް ސިޓީ

ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް

04 މާރިޗު 2020، ބުދަ

10:30

ކުޅުދުއްފުށި ސިޓީ

ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް

04 މާރިޗު 2020، ބުދަ

14:30

އައްޑޫ ސިޓީ

ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް

04 މާރިޗު 2020، ބުދަ

16:30

މާލެ ސިޓީ

އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލު

04 މާރިޗު 2020، ބުދަ

21:00

 

            އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. 

            ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

            06 ރަޖަބު 1441

 

01 މާރިޗު 2020
ހޯދާ