ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގައިކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ޅ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގައިކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ހޮސްޕިޓަލް އާ ޢިމާރާތުގެ ތިއޭޓަރގެ މުށިތައް ބަދަލްކުރުން
  • ހޮސްޕިޓަލްގެ އާ ޢިމާރާތުގެ އަސްކަނި ސީލިންގ ، ޑަކްޓް އަދި ޕޯޓިކޯ ސީލިންގ މަރާމާތުކުރުން
  • ހޮސްޕިޓަލްގެ ބިއްލޫރި ދޮރުތަކުގައި ސިލިކޯން އެޅުން.

މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތައް 01 މާރިޗު  2020  ވާ އާދިއްތަ  ދުވަހުން ފެށިގެން 04 މާރިޗު 2020  ވާ ބުދަ ދުވަހުގެ ނިޔަލަށް ، ހެނދުނު 10:00 އިން 13:00 އާއި ދޭތެރޭ ޅ. އަތޮޅު ހޮސްޕިޓަލް އިދާރީބައި ނުވަތަ މި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި 05 މާރިޗު 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11  މާރިޗު 2020 ވާ ބުދަ ދުވަހުގެ ހެނދުނު  10:00 ގައި މި ހޮސްޕިޓަލާއި  މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައެވެ.

މިއިއުލާނާއި  ގުޅޭގޮތުން  އެއްވެސް  މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 މާރިޗު  2020 ވާ ބުރާސްފަތި ދުވަހު 14:00  ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

 

6 ރަޖަބު 1441

1 މާރިޗު 2020

01 މާރިޗު 2020
ހޯދާ