މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު.

މަޤާމް :އިމާމް
ބޭނުންވާ އަދަދު :1

 މުއްދަތު:

 01 އަހަރު ކޮންޓްރެކްޓް

 އެލަވަންސް:

 -/5000 ރ - -/7000 ރ އާއި ދެމެދު

 ޝަރުތު:

 - އިމާމު ކަމުގެ ސަނަދު ލިބިފައިވުން

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 - ހުޅުމާލެ ޓަރމިނަލް މިސްކިތުގައި ފަރުޟު   ފަސްނަމާދަށް، ކޮންމެ ނަމާދު ވަގުތެއްގެ   ގަޑިޖެހުމުގެ  ކުރިން މިސްކިތަށް ގޮސް މިސްކިތުގެ   ކަންތައްތައް ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް   ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދުގެ ވަގުތުގައި   ބަންގިގޮވައި އިމާމުވެ ނަމާދުކުރުން.

 މަސައްކަތް ކުރަންޖެހޭ ތަން :

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ   ތަކެތި:

 - މަޤާމަށް އެދިހުށައަޅާ ފޯމް

 - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ   (މުއްދަތު ހަމަނުވާ)

 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު   ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

 ސުންގަޑި:

 2020 މާރިޗް 05 ވާ ބުރާސްފަތި ދުވަހުގެ   15:30  ގެ ކުރިން

 ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ،   ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ   ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.   އަދި މި  ކުންފުނީގެ   ވެބްސައިޓް  www.port.mv  އިން ޑައުންލޯޑް   ކުރެވެން ހުންނާނެއެވެ.

  އިތުރު މަޢުލޫމާތު: 3329339 ފެކްސް:   3325293 އީމެއިލް: [email protected]

 އިންޓަރވިއު މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ 2020 މާރިޗް 10 އާއި 30 އާ   ދެމެދުގައެވެ.

  ނޯޓް:  މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ   ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް،   ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް   ޗެކްކުރެވޭނެއެވެ.

01 މާރިޗު 2020
ހޯދާ