މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިންޓާރން (ވަގުތީ މުވައްޒަފެއް) ހޯދުމަށް

 

މަޤާމު: އިންޓާރން (ވަގުތީ މުވައްޒަފުން)

މުއްދަތު: 6 މަސްދުވަސް

ސެކްޝަން: ސަބާ މޯލްޑިވްސް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެ

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއެކު، 18 އަހަރު ފުރިފައިވުން.

 

މައިގަނޑު މަސައްކަތްތައް:

މިނިސްޓްރީގެ ބެލެނިވެރިކަމުގެދަށުން ހިންގަމުން ގެންދާ ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
  • އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އުޖޫރަ: ގަޑި އިރަކަށް  -/20 ރުފިޔާ

 

ހުށަހަޅަންޖެހޭ ތަކެތި:މަޤާމަށް އެދި ފޮނުވާ ސިޓީ، ވަނަވަރު، ތަޢުލީމާ ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި:  ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 10 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3003018،7220077 ފޯނަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

01 މާރިޗު 2020
ހޯދާ